ބޮލީވުޑްގެ ކާމިޔާބު ތަރި ސައިފް އަލީ ހާންގެ އަންހެން ދަރިފުޅު ސާރާ އަލީ ޚާން އާއި މީގެ 2 މަސް ދުވަސް ކުރިން މަރުވި ސުޝާންތު ސިންގް ލޯބީގެ ގޮތުން ގުޅުނު ކަމުގެ އަޑުތަކެއް މީގެ ކުރިން ވަނީ ފެތުރިފައެވެ.
އެގޮތުން މިއަޑުތައް އެންމެ ބޮޑަށް ފެތުރިފައިވަނީ އެދެމީހުން އެކުގައި ފެނުނު ފިލްމް ކެދަރްނާތު، ކުޅުނު އިރުއެވެ.
އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މީޑިއާތަކަށް އެނގުނަ ނުދިނުމަށްޓަކައި ސުޝާންތުވަނީ ސާރާ ބެންކޮކަށް ގެނައުމަށްޓަކައި ސިއްރު ޗާޓަރު ފްލައިޓެއް ކޮށްފައެވެ. މިކަން ހާމަކޮށް ސުޝާންތުގެ ކުރީގެ އެސިސްޓަންޓު ސާބިރު އަހްމަދު ޓައިމްސް އަށް ބުނީ ސުޝާންތު ސާރާ ބެންކޮކަށް ގެނައުމަށްޓަކައި ޕްރައިވެޓް ބޯޓެއް ޗާޓަރު ކުރީ ސާރާ އެދެމީހުންގެ ގުޅުން އެއްވެސް މީހަކަށް އަންގަން ބޭނުން ނުވާތީ ކަމަށެވެ. އަދި އެދެމީހުން ބެންކޮކުގައި ޗުއްޓީ ހޭދަކޮށްފައިވަނީ ވަރަށް ފެންވަރުގެ ހޮޓަލުގައި ކަމަށް ވެސް ސާބިރު ބުންޏެވެ.
މީގެ އިތުުރުން ސާބިރު ބުނެފައިވަނީ ފުރަތަމަ ދުވަހު ހުރިހާ ރައްޓެހިންނާއި އެކީ ސުޝާންތުއާއި ސާރާ ބީޗަށް ދިޔަނަމަވެސް އޭގެ ފަހުން އެދެމީހުން ބޭރަށް ނުގޮސް ހޮޓަލުގައި މަޑުކޮށްފައިވާ ކަމަށެވެ.