ބިގް ބޮސް 14 ގައި ބައިވެރިވާން އުޅޭކަން ސޯމިޔާ ދޮގުކުރީ މަޖާގޮތަކަށް

ިންޑިއާގެ މަޝްހޫރު ރިއަލިޓީ ޝޯ ބިގް ބޮސް ގެ 14 ވަނަ ސީޒަން ފަށަން ކައިރިވެފައި ވާއިރު، މިހާރު އެންމެ ގަދަޔަށް ދެކެވޭ ވާހަކައަކީ، މި ސީޒަންގައި ފެންނާނެ ތަރިން ތަކަކީ ކޮބައިތޯއެވެ. ނަމަވެސް ބިގް ބޮސް 14 ގައި ބައިވެރިވާނެ ކަމަށް ލަފާކުރެވޭ އެތައް ތަރިންނެއް ވަނީ އެކަން ދޮގުކޮށްފައެވެ. މިފަހަރު އެފަދަ ވާހަކައެއް ދޮގުކޮށްފައި ވަނީ އެކްޓްރެސް ސޯމިޔާ ޓަންޑަން އެވެ.

“ބާބީޖީ ގަރް ޕަރް ހޭ” އިން މަޤުބޫލުވެފައިވާ 35 އަހަރުގެ ބަތަލާ ވަނީ އިންސްޓަގްރާމްގައި ވީޑިއޯއެއް ހިއްސާކޮށް، ބިގް ބޮސް ގައި ބައިވެރިވާން އުޅޭކަން ދޮގުކޮށްފައެވެ. އެ ކުރު ވީޑިއޯކޮޅުން ފެންނަނީ، ސޯމިޔާ އޭނާގެ އަމިއްލަ ނަފްސަށް އިނގިލި ދިއްކުރުމަށްފަހު، އަތުގެ އިޝާރާތުން ނޫނެކޭ ބުނާ މަންޒަރެވެ. އަދި މި ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައިވަނީ، އޭނާ ބިގް ބޮސް ގައި ބައިވެރިވާން ނޫޅޭ ވާހަކައެވެ. އެހެންކަމުން، އޭނާގެ ނަން ބޭނުންކޮށްގެން ދޮގު ޙަބަރު ނުފެތުރަމަށް އެދިފައިވެއެވެ.

ސޯމިޔާ ބިގް ބޮސް 14 ގައި ބައިވެރިވާން އުޅޭކަމަށް ބުނެ ބައެއް މީޑިއާތަކުން މީގެކުރިން ރިޕޯޓުކޮށްފައި ވަނީ، އަހަރުތަކެއް ވަންދެން ސޯމިޔާ މަސައްކަތް ކުރަމުންދިޔަ “ބާބީޖީ ގަރް ޕަރް ހޭ” ޝޯ ދާދިފަހުން ދޫކޮށްލާފައި ވާތީއެވެ. އެއީ އޭނާ ބިގް ބޮސްގައި ބައިވެރިވާން ވެގެން ނިންމި ނިންމުމެއް ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ. ނަމަވެސް ސޯމިޔާ މިހާރު ވަނީ އެކަން ދޮގުކޮށްފައެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ބިގް ބޮސް 14 ފަށާނެ ކަމަށް ބެލެވެނީ އަންނަ އޮކްޓޯބަރު 4 ގައެވެ. އަދި މިފަހަރުވެސް ޝޯ ހޯސްޓުކޮށްދޭނީ ސަލްމާން ޚާނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!