ކަރީނާގެ ފޭވަރިޓް ކޯ ސްޓާ އިނގޭތަ؟ އެއީ މީހެއް ނޫން!

މަޝްހޫރު ފިލްމީތަރި ކަރީނާ ކަޕޫތު ހާން އެމީހަކާއެކު އެންމެ މަސައްކަތްކޮއްލުމަށް ހިތްއެދޭ ކޯ ސުޓާރަކީ ކާކުތޯ އަހާލުމުން އަންނާނެކަމަށް ބެލެވެނީ ކޮން ޖަވާބެއް ހެއްޔެވެ.؟ ފިރިމީހާގެ ސައިފް އަލީ ޚާން ކަމުގައި ގިނަބަޔަކަށް ޤަބޫލުކުރެވޭނެއެވެ. އެހެން ނަމަވެސް ކަންއޮތީ އެހެނެއް ނޫނެވެ.

ދާދި ފަހުން ކަރީނާ އޭނާގެ އިންސްޓަގުރާމްގައި އެންމެ ގަޔާވާ ކޯސުޓާރާއި އެކު ކުރިއަށްދިޔަ ޝޫޓިންގެ މަންޒަރެއް ވަނީ ހިއްސާކޮއްފައެވެ. މި ޕޯސްޓުން ފެނިގެންދާ ލިއޯ ނަމަކަށްކިޔާ ކުއްތާއަކީ އޭނާގެ އެންމެ ގަޔާވާ ކޯސުޓާރު ކަމަށް މިޕޯސްޓުގައި ލިޔެފައިވެއެވެ.

 ބޮލީވުޑުގެ ގިނަތަރިންނާއި އޭނާގެ ފޭނުން މިޕޯސްޓަށް ހިތްގައިމު އިމޯޖީތަކުން ވަނީ ކޮމެންޓުކޮއްފައެވެ.

ކަރީނާއަކީ ސޯޝަލް މީޑިއާއާއި އޭނާގެ ފޭނުންނާއި ގާތްގުޅުމެއް ބޭއްވުމަށްޓަކައި ދިރިއުޅުމުގެ އެކި މަރުހަލާތަކުގެ ފޮތޯތަށް ހިއްސާކުރަމުންއަންނަ ތަރިއެކެވެ. ދާދިފަހުން ކަރީނާ އަދި ސައިފްވަނީ އެދެމަފިރިންނަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަމުގެ އުފާވެރި ޙަބަރުވެސް އިންސްޓަގުރާމް މެދުވެރިކޮށް ބެލުންތެރިންނާއި ހިއްސާކޮއްފައެވެ.

ކަރީނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ އިރުފާން ޙާންއާއި އެކު އަގުރޭސީ މީޑިއަމް އިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!