ކޮންމެ ކޮންމެ އެއްޗަކާ ނުގުޅޭ ވަރަށް ނާޒުކު މޫނުތަކުގެ ވެރިންނަށް މަލައިކާގެ މި ފޭސްޕެކް!

މޮޑެލް އަދި އެކްޓަރެސް މަލައިކާ އަރޯރާ އޭނާ ޒުވާންކަން މަތީގައި ހުރުމުގެ އިތުރުން މޫނުގެ ހަންގަނޑަށް ދިމާވާ އެކި އެކި މައްސަލަތަށް ހައްލުކުރަމަށް ބޭނުންކުރާ ފޭސްޕެކް އިންސްޓަގުރާމުގައި ހިއްސާކޮއްފިއެވެ. އޭނާ އަކީ ހަމުގެ މައްސަލަތަށް ގިނަ އަދި ކޮންމެ ކޮންމެ އެއްޗަކާ ނުގުޅޭ ވަރަށް ނާޒުކު ހަންގަނޑެއް ހުންނަ މީހެއްކަމަށް ބުނަމުން އޭނާ ބުނެފައިވަނީ އެކި އެކި ސަބަބުތަކާއި ހުރެ މޫނުގެ ތާޒާކަން ގެއްލި ހަންގަނޑު ހަޑިވާ ކަން ފާހަވާކަމަށެވެ.

މޫސުމީ ބަދަލުތަށް ، ހޯމޯނަށް އަންނަ ބަދަލުގެ އިތުރުން ބޭނުންކުރެވޭ ވައްތަރު ވައްތަރުގެ އުފެއްދުންތަކުންވެސް މޫނުގެ ހަންގަނޑަށް ނެދެވޭ އަސަރު ކުރާނެކަމަށް މަލައިކާ ބުނެއެވެ. އެކަންކަމުގެ ހައްލަކީ ވަރަށް ފަސޭހައިން ތައްޔާރުކޮއްލެވޭ އޭނާގެ ފޭސް ޕެކްކަމަށް ބުނަމުން ތައްޔާރުކޮށް ބޭނުންކުރާނެގޮތް އޭނާ ވަނީ ކިޔައިދީފައެވެ.

ފޮށިތޮށި ކޮޅެއް މުގުރާލުމަށްފަހު އޭގެތެއަށް ކުޑަ ރޯކިރު ކޮޅަކާއި ލުބޯހުތްކޮޅެއް ޖަހާލުމަށްފަހު ރަގަނޅަށް އެއްކޮއްލާށެވެ. ދެން މޫނުގައި ހާކާލުމަށްފަހު 10 ވަރަކަށް މިނެޓު ބަހައްޓާލާފައި ފިނިފެން ފޮދަކުން ދޮވެލާށެވެ. މިގޮތަށް ކޮންމެ ދުވަހަކުވެސް ތަކުރާރު ކުރުމުން އޭގެ ހެޔޮ އަސަރު ވަރަށް އަވަހަށް ފެންނާނެކަމަށް މަލައިކާ ފާހަގަކުރެއެވެ.

އެހެން ނަމަވެސް މޫނުގެ ހަންގަނޑު މާބޮޑަށް ހަލާކުވެ ބޮޑެތި މައްސަލަތަށް ހުންނަނަމަ ޑޮކްޓަރަކަށް ދެއްކުން ވަރަށް މުހިއްމުކަމަށްވެސް މަލައިކާގެ މި ޕޯސްޓުގައި ވަނީ ފާހަގަކޮއްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!