ލޯބީގެ ފިލާވަޅުތައް ނަގަން ދާންވީ ޝާރުކު ޙާނު ކާރިއަށޯ!

ބޮލީވުޑުގެ މަޝްހޫރުތަރި ޝާރުކު ޙާނުގެ ގިނަ ފިލްމުތަކަކީ ލޯބީގެ ފިލްމުތަކެކެވެ. މިއިން ކޮންމެ ފިލްމަކުންވެސް ލޯބީގެ އެތަށް މެސެޖުތަކެއް ވަނީ ބެލުންތެރިންނަށް ފޯރުކޮއްދީފައެވެ. އެހެނީ އެއީ ފިލްމު ކަމުގައި ވިޔަސް ބެލުންތެރިން ނަމޫނާގެ ގޮތުގައި އެއިން ލިބޭ މެސެޖު ނަގައިގަނެއެވެ.

މިއަދު މިބަލާލަނީ ޝާހުރުކު ޙާންގެ ބައެއް ފިލްމުތަކުން ލިބިދޭ ފިލާވަޅުތަކަށެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވެގެން ދިޔަޔަސް ހަޤީޤީ ލޯބި ވާނަމަ އެލޯބި ހާސިލްކުރުމަށް މަސައްކަތްކުރާށެވެ.

  • ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގެ ކޮންމެ ސީނަކުންހެން ފެނިގެންދާނީ ލޯބިވާ ދެމީހެއްގެ ދެމެދަށް އެތަށް ހުރަސްތަކެއް އެޅެމުންދާތަނެވެ. އެކަމަކުވެސް އެލޯބި ހާސިލްކުރުމަށް އެންމެ ތަންކޮޅެއް ދޫކޮށްނުލާ ކުރާ މަސައްކަތް ކާމިޔާބުވެއެވެ.
  • ތިމާއަށްޓަކައި ތިމާދެކެ ލޯބިވާ މީހަކު ދުނިޔޭގައި ހުންނާނެކަން ޤަބޫލުކުރަންވާނެއެވެ. އެކަކަކުވެސް ބާކީ ނުވާނެއެވެ. ކިތަންމެ ހުތުރަސް ތިމާގެ ގައިގައި ކިތަންމެ އުނި ސިފައެއް ހުއްޓަސް ތިމާއަށްޓަކައި ތިމާދެކެ ލޯބިވާ މީހާއާއި ވަގުތުޖެހުމުން ބައްދާލުވާނެކަން ޝާރުކު ޙާނުގެ ދިލްތޯ ޕާގަލްހޭއިން އެގިގެންދެއެވެ.
  • ކަލް ހޯނާ ހޯ ގައި ޝާހުރުކު ޙާން ފެނިގެންދަނީ މަރާ ހަގުރާމަ ކުރާ މީހެއްގެ ބައިންނެވެ. އެހެން ނަމަވެސް މުޅި ފިލްމުންވެސް ދައްކަމުންދަނީ ތިމާއަށް ލިބިފައި އޮތް ދުވަހު މަރު އައިސް ހަމަކުރަންދެން ހިނިތުންވުމާއެކު ހިތްގައިމު އުފާވެރި ދިރިއުޅުމެއް އުޅުމުގެ މުހިއްމުކަމެވެ.އަދި ކޮންމެ ހާލެއްގައިވެސް ހިނިތުންވުމާއެކު އުޅޭނަމަ ހިތަށް ހަމަޖެހުންގެނުވާކަމެވެ.
  • ޗަލްތޭ ޗަލްތޭ އަކީ ކައިވެންޏަށްފަހު ދެމަފިރިއެއްގެ އަމިއްލައަށް ޤަބޫލުކުރާ ގޮތްތަށް އިސްކުރުމުގެ ސަބަބުން ގުޅުމަށް އަންނަ ހީނަރުކަން ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމު ނިމިގެންދާއިރު ބެލުންތެރިންނަށް އެގިގެންދާ ހަޤިޤަތަކީ އަމިއްލަ ވަންތަކަން ދިރިއުޅުމުގެ ގުޅުންތަކަށްވުރެ އިސްނުވާނެކަމެވެ.
  • ހިތުގައި ހަޤީޤީ ލޯތްބެއް އުފެދިއްޖެ ނަމަ ހަނދާނުން ފޮހެނުލެވޭނެކަން ފިލްމު މޮހައްބަތެއިން އިނަ ރަގަނޅަށް ފެނިގެންދެއެވެ. ފަހަރުގައި ތިމާ ހަޤީޤީ ލޯބިވާ މީހާ ލިބުން ތިމާގެ ނަސީބުގައި ނެތިދާނެއެވެ. އެހެން ނަމަވެސް އަބަދުވެސް ހިތުގައި އެމީހަކަށްޓަކައި އޮންނަ ލޯބި އެމީހަކަށް ހެޔޮދުއާ ކޮއްދޭނެއެވެ.
  • ހަޤީޤީ ލޯބީގެ ދެމެދަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް އަދި އެއްޗެއް ކީއްކުރަން މީހަކުވެސް ނުހުރެއެވެ. ލޯބިވެވުމުން ދީނަކަށް، ޤައުމަކަށް ނަސްލަކަށް އަދި ޒަމާންވީ ރުޅިވެރިކަމަކަށް ނުބެލެއެވެ. ހުރިހާ ކަމަކަށްވުރެ މުހިއްމުވަނީ ލޯއްބެވެ. މިކަން ދައްކުވައިދެނީ ފިލްމު ވީރު ޒާރާއިންނެވެ.
  • ލޯބި ފެށެނީ ދެމީހެއްގެ ދޭތެރޭގައި އުފެދޭ ރަހުމަތްތެރިކަމެއްގެ ތެރެއިންކަން އަންގައިދެނީ ފިލްމު ކުޗް ކުޗް ހޯތާއިންނެވެ. އެކުވެރިކަމަކީ ލޯބީގެ ފެށުމެވެ. އަދި ކިތަންމެ ގާތްނަމަވެސް ލޯބީގެ ޖަޒުބާތެއް ތިމާގެ ހިތުގައި އުފެދިއްޖެނަމަ އެމީހަކާ އެވާހަކަ އަންގައިދިނުމަކީ މުހިއްމު ކަމެއްކަށްވެސް މި ފިލްމުން ފެނިގެންދެއެވެ.
  • ލޯބި ބިނާވެފައި އޮންނަނީ އިތުބާރުގެ މައްޗަށްކަން އެގިގެންދަނީ ހަމް ތުމާރޭހޭ ސަނަމްގައި އަބިމީހައަށް އޮންނަ އިތުބާރު ގެއްލޭ ހިސާބުން އޭނާގެ ފަރާތުން އެއްވެސް ރަގަނޅުކަމެއް ނުފެންނާތީއެވެ. މިފިލްމުން ދައްކައިދެނީ ދިރިއުޅުމުގައި އެކަކު އަނެއްކަކަށް އިތުބާރުކޮށް އެކަކު އަނެއްކަކު ދެނެގަތުމުގެ މުހިއްމުކަމެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!