ދިވެހިންނަށް ތަނަވަސްކަން ހޯދޭނީ ދިވެހި-އިންޑިއާ ގުޅުން ވިސްނުންތެރިކަމާއެކު ބަދަހިކޮށްގެން!

ދިވެހިންނަށް ތަނަވަސްކަން ހޯދޭނީ ދިވެހި-އިންޑިއާ ގުޅުން ވިސްނުންތެރިކަމާއެކު ގެންގުޅެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި-އިންޑިއާ ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމަށާ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓިފައި ވަނީ އަދި ދިވެހިންގެ ތަނަވަސްކަން ހޯދޭނީވެސް އިންޑިއާ-ރާއްޖެ ގުޅުން ވިސްނުންތެރިކަމާއެކު ގެންގުޅެގެން ކަމަށެވެ.

“ރައީސް ސޯލިހު އާއި އެމްޑީޕީގެ ވަޒީރުން އެކަން ކުރައްވާނެކަމީ އަޅުފަނޑު ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން،” ރާއްޖެއާއި އިންޑިއާގެ ދިދަ ހިމެނޭހެން ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި އެމްޑީޕީގެ ވަޒީރުން ރާއްޖެއާއި އިންޑިއާއާ އޮންނަ ގުޅުން ދަމަހައްޓާނެ ކަމީ އެމަނިކުފާނު ޝައްކު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ނަޝީދު މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވާއިރު، މިފަހަކަށް އައިސް ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްވިޓާގައި ގިނަ އަދަދެއްގެ އެމްޑީޕީ މެންބަރުންނާއި އެކްޓިވިސްޓުން ގެންދަނީ އިންޑިއާއާއެކު އޮންނަ ގުޅުމާ ބެހޭ ގޮތުން ޓްވީޓް ކުރަމުންނެވެ. އެފަރާތްތަކުން މިފަދައިން ޓްވީޓްކުރަނީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ގިނަ ބަޔަކު ޓްވީޓް ކުރަމުން ދިއުމާ ގުޅިގެން ކަމަށް ބެލެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!