ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

ސްނޯކްލިންގއަށްދިޔަ ދިވެއްސަކު ގެއްލިގެން ހޯދަމުންދަނިކޮށް އޭނާ ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ޑިންގީއެއްގައި 3 މީހުންނާއެކު މ. މެދުފުށި ކައިރީ ފަޅު ތެރެއަށް ސްނޯރކްލިންގ އަށް ގޮސް އުޅެނިކޮށް، އެކަކު ގެއްލިގެން އެކަމުގެ ރިޕޯޓް 19:55 ހާއިރު ލިބުނު ކަމަށެވެ. އަދި އެ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސެންޓްރެލް އޭރިޔާ ކޮމާންޑުން ކުރަމުން ދަނިކޮށް ފަރުމަތީގައި ހުއްޓާ ފެނިފައިވާ ކަމަށާއި، އޭނާ ފެނިފައިވަނީ 20:50 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ މީހާ ވަނީ އެމްއެންޑީއެފްގެ ލޯންޗުގައި މ. މުލިއަށް ގެންގޮސްފައެވެ. ޑިންގީގައި ސްނޯރކްލިންގ އަށް ގޮސްފައިވަނީ 3 ދިވެހިން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިދުވަސްވަރު ރާއްޖޭގެ ހުުރިހާ ސަރަހައްދަކަށް ވެސް މޫސުން ގޯސްއިރު، ކަނޑުތައް ވެސް ގަދައެވެ. އެހެންކަމުން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!