ސްނޯކްލިންގ އަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި

ސްނޯކްލިންގއަށްދިޔަ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމް.އެން.ޑީ.އެފުން ވިދާޅުުވީ، ގެއްލިގެން ހޯދަމުންދަނީ ސްނޯކްލިންގއަށް ޑިންގީއެއްގައި މ. މެދުފުށީކައިރީ ފަޅުތެރެއަށްދިޔަ 3 މީހުންގެ ތެރެއިން އެކަކު ކަމަށެވެ. އަދި އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިރޭ 19:55 ހާއިރުކަމަށެވެ.

އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިއާގެ ކޮމާންޑުން އޭނާ ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އޭނާ ފެނުނީ އެތާ ކައިރީގައި ފަރެއްގެ މަތީގައި ހުއްޓައެވެ. އެއާއެކު އެމްއެންޑީއެފްގެ ލޯންޗެއްގައި އޭނާ ވަނީ މ.މުއްޔަށް ގެންގޮސްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!