ޖުލައި މަހުގެ 15އާ ހަމައަށް އެލަވަންސް ނުދެވިވަނީ ހަމައެކަނި ސިފައިންނާއި ފުލުހުންނަށް

ފްރަންޓްލައިން އެލަވަންސް ދޭންޖެހޭ ފަރާތްތަކުގެ ތެރެއިން ޖުލައި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް މިހާތަނަށް އެލަވަންސް ނުދެވިވަނީ ސިފައިންނާއި ފުލުހުންނަށް އެކަނިކަމަށް ފިނޭނެސް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ. ފްރަންޓް ލައިން އެލަވަންސާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ވަނީ ނޫސްވެރިންނަން މަޢުލޫމާތުދެއްވާފައެވެ.

ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އެލަވަންސް ދިނުމަށް ނިންމާފައިވަނީ، ރާއްޖެއިން ކޯވިޑް-19ގެ ބަލި މީހަކު އެންމެ ފުރަތަމަ ފެނުނު ދުވަސް ކަމުގައިވާ މަރޗް 7 ވަނަ ދުވަހުން ފެށިގެން ކޮވިޑް-19އާ ގުޅޭ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށެވެ. އެލަވަންސް ދިނުމުގެ އުސޫލު ކަނޑައަޅާފައިވަނީ ހައި ރިސްކް، މީޑިއަމް ރިސްކް އަދި ލޯރިސްކް ކެޓަގަރީއަށް ބަހާލައިގެންނެވެ. މި އުސޫލު ކަނޑައަޅާ މިކަމާގުޅޭ މަސައްކަތްތައް ކުރިއަށްގެންދަނީ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރާއި، ރައީސް އޮފީހާއި މިނިސްޓްރީ އޮފް ހެލްތާއި ފިނޭންސް ގުޅިގެންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަޙްމަދު ޝަރުވަސް އަދާމް ވިދާޅުވީ މިވަގުތު އެންމެ އިސްކަމެއް ދީގެން މަސައްކަތްކުރަނީ މަރޗް 7 އިން ފެށިގެން ޖުލައި 15 އާއި ހަމައަށް ދޭންޖެހޭ އެލަވަންސްތައް ދިނުމަށްކަމަށެވެ. އެގޮތުން ސިފައިންނާއި ފުލުހުން ފިވައި ހުރިހާ މުއައްސަސާތަކަށް ދޭންޖެހޭ އެލަވަންސްތައް ދިނުމުގެ މަސައްކަތް ނިމިފައިވާކަމަށް ޝަރުވަސް ވިދާޅުވިއެވެ.

“މިހާތަނަށް 33.2 މިލިއަން ރުފިޔާ 2948 މީހުނަށްވަނީ ދޫކޮށްފައި. އަދި 3 ލައްކަ ރުފިޔާގެ ޕޭމަންޓެއްވެސް މިހާރު ރެޑީވެފައި އެބައިން.” ޝަރުވަސް ވިދާޅުވިއެވެ.

މިހާތަނަށް އެލަވަން ދޫނުކުރެވިވަނީ ސިފައިންނާއި ފުލުހުންނަށް އެކަނިކަން ފާހަގަކުރައްވައި ޝަރުވަސް ވިދާޅުވީ މި މުޢައްސަސާތަކަށް އެލަވަންސް ދޫނުކުރެވިވަނީ މިކަމާއި ގުޅިގެން އެ މުއައްސަސާތަކުން އުސޫލަށް ގެންނަ ބައެއް ބަދަލުތަކާއި ގުޅިގެންނެވެ. އެ މުއައްސަސާތަކުން ގެނައި ބަދަލުތަށް ރައީސް އޮފީހުން އެންޑޮސްކުރުމުން، ވީހާވެސް އަވަހަށް ފިނޭނެސްއިން ފައިސާ ދޫކުރާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!