ފްރަންޓްލައިންގެ މަސައްކަތްތެރިންނަށް 33.2 މިލިއަން ރުފިޔާ ދޫކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަކަށް މިހާތަނަށް 33.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީ އިން މައުލޫމާތުދޭ ގޮތުގައި، މަސައްކަތްތެރިންގެ ތެރެއިން އެލަވަންސް ދިނުމަށް އެޕްރޫވްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 2948 މީހުންނަށް މިހާރު އެލަވަންސް ދީފައިވާ ކަމަށެވެ. އަދި އެލަވަންސް ދިނުމަށް މުޅި ޖުމްލަ އެޕްރޫވްކޮށްފައި ވަނީ 2989 މީހުން ކަމަށާއި އެއީ 33.5 މިލިއަން ރުފިޔާ ލަމަށް ފިނޭންސް އިން ބުނެއެވެ.

ފްރަންޓްލައިން މަސައްކަތްތެރިންގެ ތެރެއިން އެލަވަންސް ނުދެވި ބާކީ ތިބީ 41 މީހުން ކަމަށާއި އެއީ ތިން ލައްކަ ރުފިޔާ ކަމަށް ފިނޭންސް އިން ބުނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މި އެލަވަންސް ފްރަންޓްލައިން މަސައްކަތްތެރިންގެ އަށް ދޭން ނިންމާފައި މާރޗް މަހުން ޖޫން މަހަށެވެ.

އެގޮތުން ތިން ކެޓަގަރީ އަކަށް ބަހާލައިގެންދޭ މި އެލަވަންސް ދެނީ ހައި ރިސްކު ކެޓަގަރީ، މީޑިއަމް ރިސްކު ކެޓަގަރީ، އަދި ލޯ ރިސްކު ކެޓަގަރީ އަށް ބަހާލައިގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!