ވީއައިއޭއަށް ސިއްހީ ސެޓްފިކެޓެއް ދީފި

އެއާޕޯޓް ކައުންސިލް އިންޓަނޭޝަނަލް (އޭސީއައި) ގެ “އެއާޕޯޓް ހެލްތު އެކްރެޑިޓޭޝަން” ސެޓްފިކެޓް ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދީފި އެވެ.

ވީއައިއޭއަށް މި ސެޓްފިކެޓް ދިނީ ކޮވިޑް-19 އާ ގުޅިގެން ވީއައިއޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބަލައިގެނެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލުން ބުނީ އޭސީއައިގެ އެ ސެޓްފިކެޓް ލިބުނީ އެ ކައުންސިލްގެ މިންގަނޑަށް ނިއުނޯމަލްގައި ވީއައިއޭގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކޮށް އިތުބާރު ދަމަހައްޓާފައިވާތީ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!