ހޯޑެއްދޫއިން ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ގދ. ހޯޑެއްދޫގައި ހޯމް ކަރަންޓީންގައި ތިބި ހަތަރު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހޯޑެއްދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަޝްރަފް އާއި ހަވާލާދީ ސީއެންއެމް އިން ބުނީ އެރަށުގައި ހޯމް ކަރަންޓީންގައި ތިބި ހަތަރު މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މިއަދު ކަމަށެވެ. 

އެ ރަށުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ހަތަރު މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ ދެ ކުޑަކުދިން ހިމެނޭކަމަށް ވެސް މައުލޫމާތު ދީފައިވެ އެވެ. އަދި އެމީހުންގެ ހާލު ރަނގަޅުކަމަށްވެސް ކައުންސިލްގެ ނައިބު ރައީސް މައުލޫމާތު ދީފައިވެ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!