ކުޅުދުއްފުށީގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް ރެންޑަމް ސާމްޕަލް ނަގަނީ

ކުޅުދުއްފުށި ސިޓީގައި ކޮވިޑް-19 ބަލި ފެތުރިފައިވޭތޯ ބަލަން “ރެންޑަމް” ސާމްޕަލްތަކެއް ނެގުމަށް ނިންމައިފިއެވެ.

ރެންޑަމް ސާމްޕަލްތަކެއް ނަގަން ނިންމާފައިމިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިތުރު ފަރުވާއަށް މާލެއަށް ފޮނުވާލި ކުއްޖެއް ކޮވިޑް 19 އަށް ޕޮޒިޓްވުމާ ގުޅިގެންނެވެ. އެ ކޭސްއާ ގުޅިގެން ކުޅުދުއްފުށި މޮނީޓަރިންގެ ހާލަތަށް ގެނައުމަށްފަހު މިހާރު ވަނީ އާންމު ހާލަތަށް ގެނެސްފައެވެ.

މިގޮތުން މިއަދުގެ މެންދުރުފަހު 14:00 އިން ހަވީރު 18:00 އަށް ރެންޑަމް ސާމްޕަލް ނެގުން އެރަށުގައި ކުރިޔަށް ދާނެ ކަމަށް ކޭއާރުއެޗް އިން ވަނީ ބުނެފައެވެ.

މިއަދު ޖުމްލަ 86 ރެންޑަމް ސާމްޕަލްއެއް ނެގުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ހާމަ ކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!