ފޮޓޯ: މިހާރު

ބިދޭސީ ވަކީލުންނަށް ރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދަ ދެނީ

ރާއްޖޭގައި ބިދޭސީ ޤާނޫނީ ވަކީލުންނަށް ވަކާލާތު ކުރުމުގެ ހުއްދަ ދިނުމަށް ނިންމައި، ބިދޭސީ ޤާނޫނީ ވަކީލުންނަށް ވަކާލާތު ކުރުމުގެ ހުއްދަ ދިނުމާބެހޭ ގަވާއިދު އެކުލަވާލައި އާންމުކޮށްފި އެވެ.

ބާކައުންސިލުން އެކުލަވާލައި މިއަދު އަމަލު ކުރަން ފެށި ގަވައިދުގައި ބުނެފައިވަނީ ބިދޭސީ ވަކީލުންނަށް ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދައަށް އެ ކައުންސިލްގައި އެދެވޭނީ އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން ރަޖިސްޓްރީ ކޮށްފައިވާ ލޯ ފޯމްތަކަށް ކަމަށެވެ. ހުއްދަ ލިބޭ ބިދޭސީ ވަކީލުން ރާއްޖޭގެ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ ކަމަށާއި އެއާއި ހިލާފަށް އަމަލު ކޮށްފި ނަމަ ޒިންމާ ނަގަން ޖެހޭނީ ބާ ކައުންސިލްގައި ހުއްދައަށް އެދުނު ފަރާތުން ކަމަށް ބުނެ އެވެ.

ކޯޓުތަކުގައި މައްސަލަ ބައްލަފާ ފަނޑިޔާރުގެ މައްސަލައެއް ނެތް ނަމަ ބޭނުން ބަހަކުން ބިދޭސީ ވަކީލުންނަށް ވަކާލާތު ކުރެވެ އެވެ. އަދި ދިވެހި ތަރުޖަމާނަކު ބޭނުން ކުރެވެ އެވެ. ބިދޭސީ ވަކީލެއް ނަމަ ހުއްދަ ދެވެނީ ވަކި މައްސަލައެއްގައި ވަކާލާތު ކުރަން ކަމަށްވާތީ އެ މައްސަލަ ފިޔަވައި އެހެން މައްސަލައެއްގައި ކޯޓުގައި ވަކާލާތު ނުކުރެވޭނެ ކަމަށެވެ.

ހުއްދައަށް އެދި ހުށަހަޅާނީ، ބިދޭސީ ޤާނޫނީ ވަކީލު ޢައްޔަނުކުރަން ބޭނުންވާ ފަރާތުން، ބާ ކައުންސިލުން އެ ކަމަށް ކަނޑައަޅައި، ބާ ކައުންސިލުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ފޯމުންނެވެ.

ބިދޭސީ ވަކީލުންނަށް ރާއްޖޭގައި ވަކާލާތު ކުރުމަށް ފީއެއް ނެގުމަށް ވެސް ނިންމާފައިވެއެވެ. އެއީ ދަށު ކޯޓުތަކުގައި ވަކާލާތު ކުރަން 2،000 ރުފިޔާގެ ފީއެކެވެ. ހައި ކޯޓުގައި ވަކާލާތު ކުރަން 5،000 ރުފިޔާގެ ފީއެކެވެ. އަދި ސުޕްރީމް ކޯޓުގައި ނަމަ 10،000 ރުފިޔާގެ ފީއެކެވެ.

ބިދޭސީ ޤާނޫނީ ވަކީލު ރާއްޖެއަށް އެތެރެވެފައިވަނީ، ރާއްޖެއަށް އެތެރެވުމަށް ކަނޑައެޅިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްކަން ކަށަވަރުކު ރުމަކީ ބިދޭސީ ޤާނޫނީ ވަކީލު ޢައްޔަނުކުރަން ބޭނުންވާ ފަރާތުގެ ޒިންމާއެއް ކަމަށް ގަވާއިދުގައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!