ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ބޮޑު ކުށަކަށް ހަދަން ކޮމިޓީއިން ފާސްކޮށްފި

ރޭޕާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާތަކަކީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅަން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މިހާރު ބޮޑު ކުށުގެ ގޮތުގައި 11 ކުށެއް ހިމާނާފައިވާއިރު އޭގެ ތެރޭގައި ރޭޕް ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ހިމަނާފައެއް ނުވެ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ނިމިދިޔަ ހަފްތާގައި ފާސްކުރިއިރު ބޮޑެތި ކުށްތައް ހިމެނޭ މާއްދާއަށް ވަނީ ބޮޑެތި އިސްލާހު ތަކެއް ގެނެސްފަ އެވެ.

އެގޮތަށް އިސްލާހު ކުރުމުން ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭނީ މީހުން މެރުމާއި، ރޭޕް ކުރުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، ޓެރަރިޒަމާއި، ޓެރަރިޒަމަށް ފައިނޭންސް ކުރުމާއި، މަނީ ލޯންޑަރިން އާއި މީހުން ޓްރެފިކް ކުރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުން ފަދަ ކުށްތަކެވެ. 

އޭގެ އިތުރުން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ޒާތީ މުއާމަލާތްތައް ކޯޓު އަމުރެއްގެ ދަށުން އަޑުއެހުމުގެ އިހްތިޔާރު ގާނޫނު ތަންފީޒް ކުރާ އިދާރާތަކަށް ދޭން ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!