ޅ. ހިންވަރުން ފޯނެއް ފޭރުނު މީހަކު ހައްޔަރުކޮށްފި

ޅ.ހިންނަވަރުގައި މީހަކު އަތުން ފޭރިގަނެގެން ދިޔަ ފޯނެއް ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.

އެމީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ އޯގަސްޓް 31 ވަނަ ދުވަހު އެރަށު މީހެއްގެ ފޯނު ފޭރިގަނެގެން ފިލައިގެން އުޅެނިކޮށް ހަމަ އެދުވަހުގެ 14:30 އެހާކަންހާއިރު ހިންނަވަރުގައި މަސައްކަތްކުރާ ފުލުހުން ކުރި މަސައްކަތުން އެރަށު މަގުމަތިންނެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހިންނަވަރު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ހިންނަވަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!