ތިނަދޫ މޮނީޓަރިން ހާލަތު އުވާލައިފި

ގދ.ތިނަދޫގައި އިއުލާންކުރި މޮނީޓަރިންގެ ހާލަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އުވާލައިފިއެވެ.

ތިނަދޫ ކައުންސިލުން ބުނީ ކޮވިޑް-19 ގެ ކޭސްއެއް ތިނަދޫ އިން ފެނިފައިވާތީ، އެޗްޕީއޭގެ ފަރާތުން މިދިޔަ ހޮނިހިރު ދުވަހު އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވީ ނަމަވެސް މިއަދު ހެނދުނު 9:29 އިން ފެށިގެން މޮނީޓަރިންގެ ހާލަތު އުވާލާފައިވާ ކަމަށެވެ.

މޮނީޓަރިންގެ ހާލަތު އުވާލި ނަމަވެސް މި ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ގައިދުރުކަން ބެހެއްޓުމަށާއި، އާންމު ތަންތަނަށް ނިކުމެ އުޅޭއިރު މާސްކު އަޅަން ތިނަދޫ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވި ފަރާތްތަކާއި ބައްދަލުވި ނުވަތަ ކޮންޓެކްޓުވި ފަރާތްތައް ދެނެގަނެ ކޮންޓެކްޓް ޓްރޭސިން ހެދުމަށްފަހު ގިނަ ބަޔަކު ކަރަންޓީނު ކުރެވިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!