ކޮވިޑް ކޭސް 41 ރަށެއްގައި

މާލޭ ފިޔަވައި ރާއްޖޭގެ މީހުން އުޅޭ 41 ރަށެއްގައި މިވަގުތު ކޮވިޑް-19 ގެ އެކްޓިވް ކޭސްތައް އެބަހުރި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި މައުލޫމާތަށް ބަލާއިރު މީހުން ދިރިއުޅޭ 41 ރަށެއްގައި 90 ކޭސް އަދި 16 ރިސޯޓެއްގައި 45 ކޭސް މިވަގުތު އެބަ ހުއްޓެވެ.

ރަށްރަށުގައި މިވަގުތު ހުރި ޕޮޒިތިވް ކޭސްތަކަށް ބަލާއިރު ހަތް ބިދޭސިންނާއި 87 ދިވެއްސަރު ވަނީ ޕޮޒިޓިވްވެފައެވެ.

 މޮނީޓަރިންގެ ހާލަތުގައި މިވަގުތު ތިން ރަށެއް އެބައޮތެވެ. އެއީ ގދ.ތިނަދޫ އާއި ދ.މާއެނބޫދޫގެ އިތުރުން ދ.ކުޑަހުވަދޫ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!