ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތަށް ވިއެޓްނާމުން ރާއްޖެއަށް 20،000 ޑޮލަރު ހަދިޔާކޮށްފި

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް ވިއެޓްނާމުން ފައިސާގެ އެހީތެރިކަން ފޯރުކޮށް ދީފިއެވެ.

ވިއެޓްނާމުން އެހީގެ ގޮތުގައި ދީފައިވަނީ 20،000 އެމެރިކާ ޑޮލަރެވެ. މި ފައިސާ ދިވެހިރާއްޖެ ސަރުކާރާ ހަވާލުކޮށްފައި ވަނީ ވިއެޓްނާމުން ލަންކާ އަށް ކަނޑައަޅާފައިވާ ސަފީރެވެ. ހޯމަ ދުވަހު މި ފައިސާއާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ރާއްޖެއިން ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގުއެވެ.

ރައްޒާގު ވަނީ މިފަދަ އުނދަގޫ ދަނޑިވަޅެއްގައި ވިއެޓްނާމްގެ ފަރާތުން ފޯރުކޮށްދިން މި އެހީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮވިޑާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އެކި ގައުމުތަކުން އަންނަނީ ރާއްޖެ އަށް އެހީ ފޯރުކޮށްދެމުންނެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!