ހައްޖަށް މީހުން ގެންދަން ޕްރޮޕޯސަލް ހުށަހެޅި ކުންފުނިތަކަށް އަނބުރާ ފައިސާ ދޭން ނިންމައިފި

1441ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށްޓަކައި ޕްރޮޕޯސަލް ހުށައެޅުމަށް ރަޖިސްޓްރޭޝަން ފީ ދެއްކި ކުންފުނިތަކަށް އެ ފައިސާ އަނބުރާ ދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

1441 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމަށް ކޯވިޑް-19 އާއި ގުޅިގެން މީހުން ގޮސްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ސައުދީން ހައްޖުވުމުގެ ފުރުސަތު ދީފައިވަނީ ސައުދީގައި ތިބި ގައުމުތަކުގެ މީހުންނަށެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ 1441ވަނަ އަހަރު ރާޢްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށްޓަކައި 18 ކުންފުންޔަކުން ޕްރޮޕޯސަލް ރަޖިސްޓްރޭޝަން ފީ ދައްކާފައިވާކަމަށާއި އެ އިން ކޮންމެ ކުންފުންޏަކުން 10000 ރުފިޔާ ފީގެ ގޮތުގައި ދައްކާފައިވާކަމަށެވެ.

އެހެންކަމުން އިސްލާމިކް މިނިސްޓްރީ ވަނީ ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށްޓަކައި ރަޖިސްޓްރޭޝަން ފީ ދެއްކި ކުންފުނިތަކަށް ޢަމަލު ކުރާނެ ގޮތްތައް އެ ކުންފުނިތަކަށް އެންގުމަށް ނިންމާފައެވެ.

ކޯވިޑް-19 އާ ގުޅިގެން ސަޢުދީން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު މިއަހަރު ޙައްޖުގެ އަޅުކަމުގައި ބައިވެރި ވެފައި ވަނީ ސަޢުދީގައި ތިބި އެ ޤައުމުގެ ރައްޔިތުންނާއި، އެ ޤައުމުގައި ތިބި 160 ޤައުމެއްގެ ރައްޔިތުން ހިމެނޭހެން 1000 މީހުންނެވެ. މި ފުރުޞަތުގައި ޙައްޖުގެ މަތިވެރިއަޅުކަން އަދާކުރުމުގެ ފުރުޞަތު ސަޢުދީން އެ ޤައުމުގައި ތިބި ދިވެހީންގެ ތެރެއިން 6 މީހަކަށް ދީފައިވާއިރު، ޙައްޖުގެ އަޅުކަމުގައި ބައިވެރިވެފައި ވަނީ އޭގެތެރެއިން 5 ދިވެހިންނަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!