ބޮލީވުޑު ޑުރަގުގެ މައްސަލައިގައި ނުފޫޒުގަދަ ތަރިން ބޭނުން ވަނީ އަހަރެންގެ އަނގަބަންދުކޮށް އަޑު ކަޑުވާލުމަށް: ކަންގަނާ

ބޮލީވުޑުގެ ބައެއް ތަރިން ކަންގަނާ ރަނޯޓުގެ އަނގަބަންދުކޮށް އަޑު ކަޑުވާލުމަށް މަސައްކަތްކުރަމުންދާކަމުގެ ތުހުމަތު އޭނާ ކޮއްފިއެވެ. އޭނާ ބުނެފައިވާ ގޮތުގައި މިކަން ކުރުމަށްޓަކައި އެ އެކްޓަރުން މަސައްކަތްކުރަމުން އެދަނީ މިހާރު ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ.

ސުޝާންތުގެ މަރުގެ މައްސަލައިގެ ތެރެއިން އުފެދިގެން އައި ބޮލީވުޑު ޑުރަގުގެ މައްސަލައެއް ނާކޮޓިކްސް ޑިޕާރޓްމަންޓުން ބަލަމުންދާއިރު ކަންގަނާއަށް އެފަދަ އަމަލުތަށް ހިންގާ ބައެއް އެކްޓަރުންގެ މައުލޫމާތު އެގޭކަމަށް އޭނާ އަންނަނީ ބުނަމުންނެވެ. ކަންގަނާ ބުނާގޮތުގައި އެފަދަ މީހުން ޕާރޓީތަކުގައި ޑުރަގު ބޭނުންކޮށް އަމަލުވެފައި ތިއްބާ އޭނާ ވަނީ ދެކެފައެވެ. މިވާހަކަތަކާއި އެމީހުންގެ ނަން ހާމަކުރިޔަ ނުދިނުމަށްޓަކައި ކަންގަނާއަށް އިންޒާރުދީ ބިރުދައްކަމުން އަންނަ ކަމުގެ ތުހުމަތު އޭނާ ވަނީ ކޮއްފައެވެ.

މިވާހަކަތަށް ރިޕަބްލިކް ޓީވީގައި ހިއްސާކުރަމުން އޭނާ ބުނެފައިވަނީ ވޭގަސްއަށް އޭނާ ޝޫޓިންއަށް ގޮސްއުޅުނުއިރު އެ އެކްޓަރުން ސޫޓިންއަށްފަހު ކޮންމެ ރެއަކު ބާއްވާ ޕާރޓީގެ ތެރޭގައި ފެން ފަދައިން ޑުރަގުގެ އެކި އެކި ބާވަތްތަށް ބޭނުންކުރާކަމަށެވެ. ހޮސްޕިޓަލުން ހާމަކޮއްފައި ނުވި ނަމަވެސް އޭނާ އެބުނާ އެކްޓަރު ވަނީ އޯވާޑޯސްވެ ފަރުވާ ހޯދުމަށްޓަކައި ކޮކީލާ ހޮސްޕިޓަލްގައި އެއްފަހަރަކު އެޑްމިޓްވެސް ކޮއްފައިކަމަށް ކަންގަނާ ބުނެއެވެ.

އެއީ ސީދާ ކޮން އެކްޓަރެއްކަން ކަންގަނާ ހާމަކޮއްފައި ނުވިނަމަވެސް އޭނާ ބުނެފައިވަނީ %99 ބޮލީވުޑުގެ ތެރޭގައި ޑުރަގުގެ ވަބާފެތުރިފައިވާކަމަށެވެ. މި މައްސަލަތަށް ބޮޑުވެ އެކަމާ ބެހޭ ވާހަކަތަށް ދެކެވެން ފަށައިފައި މިވަނީ 14 ޖޫންގައި މަރުވި ޒުވަން އެކްޓަރުގެ ބައްޕަ އޭނާގެ ލޯބިވެރިޔާ ރިއާ އާއި ދެކޮޅަށް ހުށައަޅާފައިވާ މައްސަލައެއްގެ ތެރެއިން ހާމަވެފައިވާ މުއާމަލާތަކުންނެވެ. މިހާރު އިންޑިއާގެ ނާކޮޓިކްސް އަދި ސީބީއައި އިންވެސް އަންނަނީ މި މައްސަލަތަށް ބަލާ ތަޙުޤީޤު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!