ބުރެޑް ޕިޓް މިހާރު ގެ ލޯބިވަރިޔާ އެންޖަލީނާ ޖޯލީ ވަރަށް ވައްތަރު!

ހޮލީވުޑުގެ މަޝްހޫރު ތަރި 56 އަހަރުގެ ބުރެޑް ޕިޓް 27 އަހަރުގެ މޮޑެލް ނިކޯލް ޕޮޓުރަސްކީ އާއި ޑޭޓް ކުރާކަމުގެ ޙަބަރުތަކެއް ފެތުރެންފަށައިފިއެވެ. ގިނަ ބަޔަކު ބުނާގޮތުގައި ނިކޯލްއަކީ ބުރެޑް އަނބިމީހާ އެންޖަލީނާ ޖޯލީއާއި އެއްވައްތަރުކަމެއް ހުންނަ މޮޑެލްއެކެވެ. އެންޖަލީނާ އަދި ބުރެޑްގެ ވަރީގެ މައްސަލަ އަދި ވަކިގޮތަކަށް ނިމިފައި ނުވިނަމަވެސް އެކަން ވަރަށް އަވަހަށްނިމި ދެމަފިރިން ވަކިވާނެކަމަށް ބެލެވެއެވެ.

މި ޙަބަރުތަށް މިހެން ފެތުރެން ފަށާފައިވަނީ ޕެރިސް އެއާރޕޯޓުން ބުރެޑް އާއި އެކު ނިކޯލް ފެނިފައިވާތީކަމަށް ރިޕޯރޓުތަށް ބުނެއެވެ. ބެލެވޭ ގޮތުގައި އެދެމީހުން ދަތުރުކޮއްފައިވަނީ ސައުތު ފުރާންސްގައި ހުންނަ ބުރެޑްގެ ގެއަށެވެ. އެތަނަކީ އެންޖަލީނާއާއި އެކުވެސް ބުރެޑް ދިރިއުޅެމުން ދިޔަ ކާސަލްއެވެ.

މީގެކުރިންވެސް އެކްޓަރެސް އާލިއާ ޝޯކަޓް އަދި ޑިޒައިނާރ ސެޓް ހަރީ ޙަލްސާ އާއިވެސް ބުރެޑް ޑޭޓް ކޮއްފައިވާކަމުގެ ވާހަކަތަކެއް ވަނީ ފެތުރިފައެވެ. ރަސްމީކޮށް މިއިން އެއްވެސް މިހާތަނަކަށް ޔަޤީންކުރެވިފައެއް ނެތެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!