ނިއުޒިލެންޑްގެ ޕުރައިމް މިނިސްޓަރ މާސްކް ތައްޔާރު ކުރައްވަނީ އަމިއްލަފުޅަށް

ނިއުޒިލެންޑްގައި ބޭރަށް ނިކުންނަ ހުރިހާ ވަގުތެއްގައި މާސްކު އެޅުން އަދި މަޖުބޫރުކޮއްފައި ނުވިނަމަވެސް އެކަމަށް ތައްޔާރުވުމުގެ ގޮތުން އެޤައުމުގެ ޕުރައިމް މިނިސްޓަރ ފަސޭހައިން އަމިއްލައަށް މާސްކު ތައްޔާރުކޮށް ބޭނުންކުރާނެގޮތެއް ފޭސްބުކުގައި ހިއްސާކޮއްފިއެވެ. ޕުރައިމް މިނިސްޓަރު ޖެސިންޑާ އަރުޑާން ދައްކާލާފައިވާ މިވީޑިއޯގައި އެ މާސްކު ތައްޔާރުކޮއްފައިވަނީ އޭނާ އަމިއްލައަށެވެ.

ފަހަން ނުޖެހޭ މި މާސްކު ތައްޔާރުކުރުމަށް ބޭނުންކުރަނީ ހަތަރެސްކަން ފޮތިކޮޅަކާއި އިސްތަށިގަނޑު އައްސާކަހަލަ ދެ ރަބަރެވެ. އަނގަޔާއި ނޭފަތް ނިވާވާވަރު ފުޅާމިން ހުންނާނެގޮތަށް ފޮތިކޮޅު ފަތްޖަހާލައެވެ. އަދި ފޮތޮކޮޅުގެ ދެކޮޅަށް ދެ ރަބަރު ލައްވާލުމަށްފަހު ދެފަރާތުން ގެނެސް ރަބަރުގެ ތެރެއަށް ފޮތިކޮޅުގެ ދެކޮޅު ލައްވާލައެވެ. ދެން ކަންފަތުގައި ދެކޮޅަށް ލެއްވި ދެރަބަރު އަޅުވާލުމުން އިންނަނީ އަނގައާއި ނޭފަތް ނިވާވެފައެވެ.

އަމިއްލައަށް ތައްޔާރުކޮއްލެވޭނެ އަގުހެޔޮގަތަކަށް ތައްޔާރު ކުރާ މި މާސްކު ސުވިޒާލޭންޑުގެ ޕުރައިމް މިނިސްޓާ ސޯޝަލް މީޑިއާގައި ހިއްސާކޮއްފައިވާއިރު މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ދަތުރުފަތުރުކުރުމުގައި ކޮންމެހެން މާސްކު އަޅަން ޖެހޭނެކަމަށް އެޤައުމުގެ ސަރުކާރުން ވަނީ އިޢުލާން ކޮއްފައެވެ.