މި ފަހަރު ސުނީ ސުޕެޝިއަލް ލޮނުމިރުސް، ސުނީ ހަމަ ފައްކަލީއޭ މަ ބުނާނީ

ސުނީތާއަކީ މަޝްހޫރު ތަރިއެއްގެ އިތުރުން މިހާރު އެކި އެކި އުފެއްދުންތަށް އަމިއްލައަށް ތައްޔާރުކޮށް ބާޒާރަށް ނެރެމުންއަންނަ ފިސާރި ކަނބަލެކެވެ. ދިވެހިންނާއި ދިވެހިންގެ ސަޤާފަތުގެ ތެރެއިން ފާހަކޮއްލެވޭ ކާށިތެލުގެ ބާވަތެއް ދާދި ފަހުން އީޖާދުކޮށް ބާޒާރަށް ނެރުމަށްފަހު ދެން ފެނިގެން މިދިޔައީ ދިވެހިންގެ ކެއުމާ ގުޅިފައިވާ ލޮނުމިރުސް އުފައްދާ ނެރުނު މަންޒަރެވެ.

“ސުނީ ސުޕެޝިއަލް ލޮނުމިރުސް ” މިނަމުގައި ބާޒާރަށް ނެރެފައިވާ ލޮނުމިރުހުގެ ފޮޓޯއެއް އޭނާވަނީ އިންސްޓަގުރާމްގައިވެސް ހިއްސާކޮއްފައެވެ.%100 ދިވެހި ރަހަތަށް އެކުލެވިފައިވާ މިލޮނުމިރުހަކީ ރިހަ ކެއްކުމާއި ބާރބަކިއު ހަދާލުމަށްވެސް އެންމެ އެކަށީގެންވާގޮތަށް ތައްޔާރުކޮއްފައިވާ މީރު ލޮނުމިރުހަކަށް ވެގެންދާނެކަމަށް ސުނީ އޭނާގެ އިންޓަގުރާމުގައި ލިޔެފައިވެއެވެ.

ސުނީގެ މި ޕޯސްޓުގައި އޭނާގެ އާއިލާގެ ގިނަ ބަޔަކަށް ޝުކުރުއަދާކޮއްފައިވާއިރު ބެލެވެނީ މި ލޮނުމިރުހަކީވެސް ސުނީގެ އެހެން އުފެއްދުންތަށް ފަދައިން އާއިލާގެ ބޮޑު އެއްބާރުލުމަކާއިއެކު ނެރެފައިވާ އުފެއްދުމެއްކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!