ސުޝާންތު މަރައިލީ ކަމަކަށް ނުބެލެވޭ: ސީބީއައި

ބޮލީވުޑް އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރުގެ ތަހުގީގާ ހަވާލުވެގެން ހުރި ސެންޓަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) ގެ ފަރާތުން ވާހަކަ ދެއްކި ތިން އޮފިސަރަކު، އެއީ ޤަތުލެއް ނޫން ކަމަށް ބުނެފިއެވެ.

‘އިންޑިއާ ޓުޑޭ’ އިން ރިޕޯޓުކުރާ ގޮތުގައި، ސުޝާންތު ވަނީ މަރާލެވިފައި ނޫން ކަމަށާއި، މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން ދަނީ ބޮޑަށް “ސޫސައިޑް އޭންގަލް” އަކުން ކަމަށް ސީބީއައި އިން ހާމަކުރެއެވެ. އެއީ ޤަތުލެއް ކަމަށް ބެލެވޭ ވަރުގެ ހެއްކެއް ތަހުގީގަށް ނުފެންނާތީ ކަމަށްވެއެވެ.

ސީބީއައި އިން ދާދިފަހުން ވަނީ ސުޝާންތު ދަންޖެހިގެން މަރުވި އެޕާޓުމަންޓަށް ގޮސް ވެސް ތަހުގީގު ކޮށްފައެވެ. އަދި މުމްބާއީ ފުލުހުން ކޮށްފައިވާ ތަހުގީގު ރިޕޯޓުތައް ވެސް ދިރާސާކޮށް، އެ މައްސަލައިގައި ތުހުމަތު ކުރެވޭ އެންމެންނާ ވެސް ސުވާލު ކޮށްފައިވެއެވެ. އޭގެތެރޭގައި ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީއާއި ރިއާގެ އާއިލާ ހިމެނެއެވެ.

ޤަތުލެއް ކަމަށް ނިންމޭ ވަރަށް ހެކި ލިބިފައި ނެތަސް، އަދި މާޑާ އިންވެސްޓިގޭޝަން އެއްކޮށް ހުއްޓައިނުލާ ކަމަށް ސީބީއައި އިން ބުނެއެވެ. ނަމަވެސް މިހާރު އެ މައްސަލައިގެ ފޯކަސް ބޮޑަށް އޮތީ ސުޝާންތު އަމިއްލައަށް މަރުވި ކަމަށް ދެކިގެންނެވެ.

  1. heki nufennaane dhw hindhu dheenuga hanshigandu andhaalaathy, alun postmortem hedheykahves nei avas aruvaalaafa maruvi gadives nujaha postmortem hedhy

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!