ޑޮކްޓަރަކު ބަލިމީހެއްގެ ލަދުވެތި ގުނަވަން ވީޑިއޯކޮށް މީސްމީޑިއާގައި ޕޯސްޓްކޮށްފި

ސައުދީ އަރަބިއްޔާގައި ބަލިމީހެއްގެ ލަދުވެތި ގުނަވަން ވީޑިއޯކޮށް މީސްމީޑިއާގައި އެ ވީޑިއޯ ޕޯސްޓްކުރި ޑޮކްޓަރަކު ސަސްޕެންޑް ކޮށްފިއެވެ.

ސައުދީގެ ހެލްތު މިނިސްޓްރީގެ އޮފިޝަލުންނާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕްލާސްޓިކް ސާޖަރީހަދާ ޑޮކްޓަރު ޕޭޝަންޓުގެ ވީޑިއޯ ކޮށްފައިވަނީ ސާޖަރީ ނިންމާލުމަށްފަހުއެވެ. އަދި އޭނާ ވަނީ އެ ވީޑިއޯ ސޯޝަލްމީޑިއާގައި ހިއްސާކޮށްފައެވެ.

ބޭރުގެ ރިޕޯޓްތައް ބުނާ ގޮތުގައި އުޞޫލުތަކާއި އަދި އަޚްލާޤީ މިންގަނޑުތަކާ އެ ޑޮކްޓަރު ޚިލާފުވެފައިވާތީ ސައުދީގެ ހެލްތު މިނިސްޓަރު ވަނީ އެ ޑޮކްޓަރުގެ ހުއްދަ ކެންސަލް ކުރުމަށް އަމުރުކޮށްފައެވެ.

މި ޢަމަލު ހިންގި ޑޮކްޓަރުގެ އެއްވެސް މަޢުލޫމާތެއް މީޑިއާއިން ރިޕޯޓްކޮށްފައެއް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!