ޑުބާއީ ކްރައުން ޕްރިންސްގެ އަގުބޮޑު ކާރުކޮޅުގައި ހާލިހެދި ދޫނިތައް ވިހާ ގަދަވެއްޖެ

ޑުބާއީ ކްރައުން ޕްރިންސް ޝެއިޚް ހަމްދާން ބިން މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ އަގުބޮޑު ކާރުކޮޅު މާސިޑީސް އެސްޔޫވީގެ ބޮނެޓްގައި ދޫންޏެއް ހާލި ހަދައި ބިސް އެޅުމުން އެ ދޫންޏަށް ޓަކައި ކާރުކޮޅު ބޭނުން ނުކުރައްވަން ނިންމެވި ނިންމެވުން ވެގެން ދިޔައީ ނޫސްތަކުގެ ފަލަ ސުރުޚީ ދަމައިގަތް ކަމަކަށެވެ. ހަމައެހެންމެ މީސްމީޑިއާގައި އެތައް ބަޔަކު ވަނީ އެމަނިކުފާނަށް ތަޢުރީފް ކޮށްފައެވެ.

ޚަލީޖް ޓައިމްސްގައި ރިޕޯޓްކޮށްފައިވާ ގޮތުން ޕްރިންސްގެ ކަރުކޮޅު ނުދުއްވާ ބޭއްވުމަށް ނިންމަވާފައި ދޫންޏެއް އެކާރުކޮޅުގެ ވިންޑްޝީލްޑްގައި ހާލި ހެދުމާއި ގުޅިގެންނެވެ.

އެމަނިކުފާނު ވިދާޅުވެ ކުރިން ދޫކޮށްލި ވީޑިއޯއަށް ފަހު އަނެއްކާ ވެސް މިވަނީ ވީޑިއޯއެއް ހިއްސާކޮށްފައެވެ.

މިފަހަރު އެ ދޫނިތައް ވިހާ ، ހާލި ދޫކޮށްލި ވީޑިއޯ އެވެ.

ދޫނިތަށް ހާލިހެދުމުން ޝެއިޚް ހަމްދާންވެސް ވަނީ ދޫންޏަށް އުނދަގޫ ނުކުރެއްވުމަށް ނިންމާވާފައެވެ. އަދި އެހެން އުޅަނދުތަކާއި މީހުންގެ އުނދަގޫ ފޯރުވިޔަ ނުދިނުމަށްޓަކައި ޕްރިންސް ވަނީ ކާރު ކޮޅުގެ ވަށައިގެން ރަތް ޓޭޕް ދަމާފައެވެ. ނަމަވެސް މިހާރު ދޫނި ޚާއްޞަކޮށް ބެލެހެއްޓި އެމަނިކުފާނުގެ ކާރުކޮޅު އަނެއްކާވެސް އެމަނިކުފާނު ބޭނުން ކުރައްވަން ލިބިވަޑައިގަތީއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!