ދާންދޫ އިން ކޮވިޑު ޖެހުނު ދެ މީހުން ވިލިނގިލީ ފެސިލިޓީއަށް ގެންގޮސްފި

ގއ. ދާންދޫ އިން ކޮވިޑު ޖެހުނު ދެ މީހުން ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެންގޮސްފި އެވެ.

އެރަށު ކައުންސިލުގެ މެމްބަރު ހަބީބް ހަސަން ވިދާޅުވީ މީގެ ގަޑިއިރެއްހާއިރު ކުރިން ދާންދޫ އިން ޕޮޒިޓިވްވި ދެ މީހަކު އެރަށުގެ ކޮވިޑް ފެސިލިޓީއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ރަށުގެ އެއްވެސް ބަޔަކު ހުރަސް ނާޅާއި ކަމަށް ވިދާޅުވި އެވެ. 

ހަބީބް ވިދާޅުވި ގޮތުގައި މިއަދު ފުލުހުން ވަނީ ދުރާލާ ތައްޔާރުވެފަ އެވެ. އަދި ރަށުގެ ރައްޔިތުން ވެސް އެމީހުންނަށް މަރުހަބާ ކިޔާ ކަމަށް ވިދާޅުވި އެވެ.

ދާންދޫ އިން ކޮވިޑް ޖެހުނު ދެ މީހުން ރަށަށް އެރުވިއިރު އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާއިރު އިއްޔެ އެރަށަށް ތިނަދޫ އިން ކޮވިޑް ޖެހުނު ދުވަސްވީ މީހަކު ގެންދިއުމުން ބަޔަކު ނުކުމެ ވަނީ އެކަމަށް ހުރަސް އަޅާފަ އެވެ. 

އެންމެ ފަހުން އަނބުރާ ތިނަދޫއަށް އެމީހާ ގެންދިއުމަށް ފަހު ޖެހުނީ މާލެއަށް ގެންނާށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!