މިއަދު ކޮވިޑުން ރަނގަޅުވީ 119 މީހުން

ރާއްޖެއިން މިއަދުގެ ކޮވިޑް-19ގެ ބަލިން 119 މީހަކު ރަނގަޅުވެއްޖެ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 8003 އަށް އަރާފައެވެ. އޭގެ ތެރެއިން 5265 މީހަކު ރަނގަޅުވެފައި ވާއިރު، ފަރުވާ ދެމުންދާ މީހުންގެ އަދަދު 2703 އަށް ވަނީ އަރާފައެވެ.

މިވަގުތު މިބަލި ޖެހިފައިވާ 2703 މީހުން އުޅޭއިރު، އެމީހުންގެ ތެރެއިން 162 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 1395 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.

ކޮވިޑް ޖެހިގެން ރާއްޖޭގައި މިހާތަނަށް ވަނީ 29 މީހަކު ނިޔާވެފައެވެ.‏ އޭގެ ތެރޭގައި ހިމެނެނީ 23 ދިވެހިންނާއި 6 ބިދޭސީންނެވެ.

މި ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 41 ރަށެއްގައެވެ. އަދި 16 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސްތައް އުޅޭއިރު، 16 ފަތުރުވެރިންނާއި 29 ރިސޯޓް މުވައްޒަފުން ވަނީ ޕޮޒިޓިވްވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!