ކޮވިޑް ހުއްޓުވާނީ އަހަރެން ކެމްޕޭން ރައީސް އިފްތިތާހު ކޮށްދެއްވައިފި

މީޑިއާތަކުގެ އިސްނެގުމުގެ މަތިން ގައުމީ ފެންވަރުގައި ހިންގާ “ކޮވިޑް ހުއްޓުވާނީ އަހަރެން” ކެމްޕޭން ރައީސް އިފްތިތާހު ކޮށްދެއްވައިފިއެވެ.

މި ކެމްޕޭނަކީ ކޮވިޑްގެ ހާލަތަށް އެދެވޭ ހެޔޮ ބަދަލެއް ގެނައުމަށް މީޑިއާތައް ގުޅިގެން ކުރެވިދާނެ ކަންތައްތަކެއް ފާހަގަކޮށް އެ މަގަށް މަސައްކަތް ކުރުމަށްޓަކައި ހިންގާ ކެމްޕޭނެކެވެ. އެގޮތުން ކޮވިޑާ ގުޅޭ ހަބަރާއި މައުލޫމާތު މީޑިއާތަކުން މިހާރު ގެނެސްދޭ މިންވަރު ފުޅާކޮށް، ހުރިހާ މީޑިއާއެއްގައި އެއް ބާވަތެއްގެ މެސެޖުތަކެއް ދެވޭނެ ގޮތަކަށް މަސައްކަތް ކުރުމަކީ މި ކެމްޕޭނުގެ އަމާޒެވެ.

ކޮވިޑާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގައި ނޫސްވެރިން އަދާކުރަމުންދާ މުހިންމު ރޯލު، ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައިވެއެވެ.

“މީޑިއާތަކުން މިއަދު ފެށި ކެމްޕެއިނެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަން. ނޫސްވެރިން މިއަދު ތިޔަ ފެއްޓެވި މަަސައްކަތުގައި ސަރުކާރުގެ އެއްބާރުލުން ފުރިހަމައަށް ލިބޭނެ” ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރާއްޖޭގެ އޮންލައިން ނޫސްތަކާއި ޓީވީ، އަދި ރޭޑިއޯގެ އިތުރުން ނިއު މީޑިއާ ގުޅިގެން ކޮވިޑާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ފެށުނު މިޚާއްސަ ކެމްޕެއިނަކީ ރާއްޖޭގެ ކޮވިޑްގެ ހާލަތަށް އެދެވޭ ހެޔޮ ބަދަލެއް ގެނައުމަށް މީޑިއާތައް ގުޅިގެން ކުރެވިދާނެ ކަންތައްތަކެއް ފާހަގަ ކޮށް އެ މަގަށް މަސައްކަތް ކުރުމަށް ހިންގޭ ހަރަކާތެކެވެ.

އެގޮތުން ކޮވިޑާ ގުޅޭ ހަބަރާ މައުލޫމާތު، މީޑިއާތަކުން މިހާރު ގެނެސްދޭ މިންވަރަށް ވުރެ ފުޅާކޮށް، ހުރިހާ މީޑިއާއެއްގައި އެއް ބާވަތެއްގެ މެސެޖުތަކެއް ދެވޭނެ ގޮތަކަށް މަސައްކަތް ކުރުމަކީ މި ހާއްސަ ކެމްޕޭނުގެ އަމާޒެކެވެ.

ކޮވިޑާ ގުޅޭ މިހާއްސަ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާއި އިސްކަންދޭނެ ހަބަރާއި މައުލޫމާތާ ގުޅޭ ގޮތުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އިސް ބޭފުޅުންނާއެކު މީޑިއާތަކުން ވަނީ މީގެ ކުރިން ބައްދަލުކޮށް، މަޝްވަރާ ކޮށްފައެވެ. އަދި މި މަޝްވަރާތަކުގެ އަލީގައި މި ހާއްސަ ކެމްޕޭނު ކުރިއަށް ގެންދާނެ ގޮތް ރާވާ އިންތިޒާމުކޮށް ހެދުމުގައި އެކިއެކި މީޑިއާތައް ހިމެނޭ ގޮތުން ސްޓިއަރިން ކޮމެޓީއެއް ވަނީ އެކުލަވާލެވިފައެވެ.

މިކެމްޕެއިނު އިފްތިތާޙު ކޮށްފައިވަނީ މިރޭ 22:00 ގައެެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!