އިތުރު 199 މީހަކު ޕޮޒިޓިވްވެ ވެއްޖެ

ރާއްޖެއިން މިއަދުގެ ކޮވިޑް-19އަށް އިތުރު 199 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 168 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށެވެ. އެހެން 31 އަތޮޅުތެރޭގެ ރަށކުން ޕޮޒިޓިވްވެފައިވާ މީހެކެވެ. މިއީ އަތޮޅުތެރެއިން އެެންމެ ގިނަ ބަޔަކަށް ބަލި ޖެހުނު ދުވަހެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 145 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 42 މީހަކާއި އިންޑިއާގެ ފަސް މީހަކާއި ސްރީ ލަންކާ ތިން މީހަކާއި އެމެރިކާގެ ދެ މީހެއްގެ އިތުރުން ޗައިނާ އަދި ޖަޕާނު މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ އަދަދު ވަނީ 8،003 އަރާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!