ފީވަށް މޮނިޓަރިންގެ ހާލަތައް ގެނެސްފި

ށ.އަތޮޅު ފީވަކަށް މީހުން އަރައި ފޭބުން މަނާކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ.

މިއަދު ފީވަކުން ވަނީ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

ނަމަވެސް ފީވަށް މޮނިޓަރިންގެ ހާލަތައް ގެނައި ސަބަބާއި ގުޅޭ އިތުރު މައުލޫމާތެއް ނުލިބެއެވެ.

މީގެ ކުރިން މޮނިޓަރިންގެ ހަލާތައް ރަށްތައް ގެނެސްފައި ވަނީ ކޮވިޑް-19 އަށް ފައްސިވާ މީހުން މުޖުތަމަޢުގެ އެހެން މީހުންނާއި ބައްދަލުވެފައި ހުރިނަމަ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!