ރައީސް ޔާމީނު ވަނީ ޗައިނާ އަށް މިގައުމު ދަރުވާލާފައި: ރައީސް ނަޝީދު

އިދިކޮޅު ފަރާތްތަކުން ގައުމު ވިއްކާ ވާހަކަ ދައްކާއިރު، ރައީސް ޔާމީނުގެ ސަރުކާރުން ވަނީ ގައުމު ޗައިނާ އަށް ދަރުވާލާފައި ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ރާއްޖެ އިންޑިއާއަށް މި ސަރުކާރުން ވިއްކާލާފައިވާ ކަމަށް ބުނެ އިދިކޮޅުގެ ފާޑުކިޔުން ވަރަށް ބޮޑުވެފައި ވަނިކޮށެވެ. “އިންޑިއާ އައުޓް” ގެ ނަމުގައި ހާއްސަ ކެންޕެއިނެއްވެސް ސޯޝަލް މީޑިއާގައި ކުރިޔަށް ދެއެވެ. އެ ކަމަށް އިޝާރާތް ކުރައްވާ ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމު ވިއްކާލަނީ ކަމަށް ބުނެ ކުރަނީ ދޮގު ތުހުމަތެއް ކަމަށެވެ. ނަޝީދުގެ ޓްވީޓުގައި އިންޑިއާ ދިފާއުކޮށް މިފަހަރުވެސް ޗައިނާއަށް ފާޑު ވިދާޅުވި އެވެ.

ވިދާޅުވީ ޗައިނާއާއެކު ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް ސަރުކާރުން “ޑީލް” ތަކެއް ހަދާފައިވާ ކަމަށެވެ. އޭގެ ސަބަބުން ރާއްޖެ ދަރަނިވެރިވެފައިވާ ކަމަށް ވިދާޅުވެ ނަޝީދު ކުރިން ވެސް ކުރައްވާ ތުހުމަތުތައް ވަނީ ތަކުރާރު ކުރައްވާފަ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އިންޑިއާ އިން ރާއްޖެއަށް އަތްގަދަ ކުރަމުންދާ ކަމަށް ކަމަށް ބުނެ އިދިކޮޅު އެކަމާ ދެކޮޅަށް އަޑުއުފުލަމުން ގެންދާ ދަނޑިވަޅެއްގައެވެ. އެގޮތުން “އިންޑިއާއައުޓު” ގެ ނަމުގައި އިދިކޮޅުން ވަނީ މީސް މީޑިއާ ކެމްޕެއިނެއް ވެސް ފަށާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!