ސުޓޫޑެންޓް ލޯން ދެއްކުމުގެ މުއްދަތު މިއަހަރުގެ ނިޔަލަށް ފަސްކޮށްދީފި

މަތީ ތަޢުލީމަށް ކިޔަވާ ދަރިވަރުންނަށް ދޫކޮށްފައިވާ ސުޓޫޑެންޓް ލޯން ދެއްކުމުގެ މުއްދަތު މިއަހަރުގެ ނިޔަލަށް ފަސްކޮށްދިނުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.

އެ މިނިސްޓްރީން މިގޮތަށް ނިންމަވާފައިވަނީ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ގިނަ މީހުންގެ ޢާމްދަނީއަށް އަސަރުކޮށްފައިވުމާއެކު އާއްމު ހާލަތަށް ރުޖޫއުވުމަށް ވަގުތު ނަގާނެތީކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ. ކުރިން ސްޓޫޑެންޓް ލޯން ދެއްކުމުގެ މުއްދަތު ފަސްކޮށްދީފައިވަނީ މިމަހުގެ ނިޔަލަށެވެ.

ސްޓޫޑެންޓް ލޯން އަނބުރާ ދެއްކުމުގެ މުއްދަތު ފުރަތަމަ 6 މަސްދުވަހަށް އިތުރުކޮށްދެއްވިކަން މާރޗްމަހުގެ 25 ވަނަ ދުވަހު އިޢުލާން ކުރެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހްއެވެ.

ސްޓޫޑެންޓް ލޯން އެހީގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ގިނަ އަދަދެއްގެ ދަރިވަރުން އަންނަނީ މަތީ ތަޢުލީމް ހާސިލު ކުރަމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށްވެސް 514 ދަރިވަރުންނަށް ލޯން ދޫކޮށްފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!