7 ރަށަކުން 20 މީހުން ޕޮޒިޓިވް!

ހަތް ރަށަކުން 20 މީހުން، މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިއީ މި ފަހުން އަތޮޅުތެރެއިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވީ ދުވަހެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑަށް ޕޮޒިޓިވްވި 20 މީހުންނަކީވެސް ހޯމް ކަރަންޓީންގެ މުއްދަތު ހަމަވުމުން ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ނެގި ސާމްޕަލުން ބަލި ޖެހިފައިވާ ކަން އެނގިފައިވާ މީހުން ކަމަށެވެ.

ކުޑަހުވަދޫއިން ޕޮޒިޓިވްވެފައިވަނީ އުމުރުން ތިން އަހަރުގެ ފިިރިހެން ކުއްޖަކާއި އެއް މަހުގެ ފިރިހެން ކުއްޖަކާއި 24 އަހަރުގެ އަންހެނެއްގެ އިތުރުން 34 އަހަރުގެ ފިރިހެނެކެވެ.

ނައިފަރުން ޕޮޒިޓިވްވީ 57 އަހަރުގެ އަންހެނަކާއި 18 އަހަރުގެ ފިރިހެނެއްގެ އިތުރުން 27 އަހަރުގެ ފިރިހެނެއް އަދި 27 އަހަރުގެ އަންހެނެކެވެ.

އިނގުރައިދޫއިން ޕޮޒިޓިވްވެފައިވަނީ 32 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނަކާއި، 52 އަހަރުގެ އިންޑިއާ ފިރިހެނަކާއި 26 އަހަރުގެ އަންހެނެއް އަދި 1 އަހަރުގެ އަންހެން ކުއްޖެކެވެ.

އޭދަފުށިން ޕޮޒިޓިވްވެފައިވަނީ ތިން މަހުގެ އަންހެން ކުއްޖަކާއި 42 އަހަރުގެ އަންހެނަކާއި ތިން އަހަރުގެ އަންހެން ކުއްޖެއް އަދި 64 އަހަރުގެ އަންހެނެކެވެ.

ދާންދޫއިން ޕޮޒިޓިވްވީ 19 އަހަރުގެ ފިރިހެނަކާއި 59 އަހަރުގެ އަންހެނެކެވެ. ރަސްމާދޫއިން ޕޮޒިޓިވްވީ 65 އަހަރުގެ ފިރިހެނެކެވެ. ފީވަކުން ޕޮޒިޓިވްވީ 54 އަހަރުގެ ފިރިހެނެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!