ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް ޤާއިމްކުރަން މާދަމާ އެ ރަށަށް ޓީމެއް ދަނީ

  • ގދ. ތިނަދޫގައި ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ހާއްސަ ފެސިލިޓީއެއް ގާއިމުކުރަން ނިންމައިފިއެވެ.

އެކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން، ކައުންސިލުގެ ރައީސް އަލީ އަމްޖަދު ވިދާޅުވީ، ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް ޤާއިމްކުރަން މާދަމާ އެ ރަށަށް ޓީމެއް ދާނެކަން ކައުންސިލަށް އަންގާފައިވާ ކަަމަށެވެ. އަދި އެ ފެސިލިޓީގެ މަސައްކަތް ވަރަށް ބާރު މިނުގައި ކުރިއަށް ދާނެ ކަމަށާއި، އަވަސް މުސްތަގްބަލެއްގައި އެ މަސައްކަތް ނިމޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

“ކޮވިޑް ފެސިލިޓީ ޤާއިމްކުރުމަށްޓަކާ މާދަމާ ޓީމެއް އެބަ އާދޭ. ދެން އެ ޓީމުން ބަލާނީ މި ރަށުގެ ތަންތަން، ކޮބާތޯ އެންމެ ރަނގަޅު ލޮކޭޝަން އަކީ. ބަލާފަ ލޮކޭޝަން ފައިނަލްކޮށް އަވަހަށް މި މަސައްކަތް ދާނެ. ވަރަށް ބާރު ސްޕީޑްގައި މިކަން ދާނެ. ވީ އެންމެ އަވަހަކަށް މިކަން ނިންމާ ޚިދުމަތް ދެވޭނެ އިރާދަކުރެއްވިއްޔާ،” އޭނާ ވިދާޅުވިއެވެ.

ތިނަދޫގައި އެފަދަ ފެސިލިޓީއެއް ޤާއިމްކުރަން ނިންމާފައި މިވަނީ އެރަަށުން ކޮވިޑް-19 އަށް ފައްސިވި އުމުރުން ދުވަސްވީ މީހަކު އިއްޔެ މެންދުރު ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ގެންދިއުމުން އެ ރަށަަށް ނާރުވާ އަނބުރާ ތިނަދޫއަށް ފޮނުވާލާފައި ވަނިިކޮށެވެ. އެކަމަށް އިޝާރާތް ކުރައްވާ އަމްޖަރު ވިދާޅުވީ، ގ.ތިނަދޫގައި ޤާއިމްކުރާ ވަސީލަތަށް ބޭނުންވާ ތަކެތި ވަކިން ހޯދަން އެދިވަޑައިގަންނަވާ ކަމަށެވެ.

ތިނަދޫއިން ކޮވިޑް-19 އަށް ފައްސިވީ އުމުރުން 68 އަހަރުގެ އެމީހާ ވަނީ ރޭގެ ވަގުތެއްގައި މާލެ ގެނެސްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!