ކުޑަހުވަދޫއަށް އަރައި ފޭބުން މަނާކޮށްފި

ދ. ކުޑަހުވަދޫއަށް މީހުން އަރައި ފޭބުން އެޗްޕީއޭއިން މަނާކޮށްފި އެވެ.

ކުޑަހުވަދޫ ކައުންސިލްގެ ރައީސް އަހުމަދު ޝާމް ވިދާޅުވީ އެރަށަށް މީހުން އަރައި ފޭބުން މަނާކުރީ ވަކި މުއްދަތެއް ނެތި ކަމަށެެވެ.

އެގޮތަށް އެރަށަށް މީހުން އަރާ ފޭބުން މަނާާކުރީ އެރަށާ ކައިރީގައި އޮންނަ ނިޔާމަ ރިސޯޓުން ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާތީކަމަށްށެވެ.

އެގޮތުން އެ ރިސޯޓުން މިއަދު ހަތަރު މީހުން ޕޮޒިޓިވްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެއިން ކުޑަހުވަދޫއަށް ގޮސް ކަރަންޓީނުގައި ތިބި އެއް އާއިލާގެ ހަތަރު މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!