ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު ހުއްޓުވައިފި

ޝަހްސު އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި މީހަކު މޯލްޑިވްސް އިމިގްރޭޝަނުން ހުއްޓުވައިފިއެވެ.

އިމިގްރޭޝަނުން ބުނީ، ވައްތަރު މީހެއްގެ ޕާސްޕޯޓު ބޭނުންކޮށް ޝަޙްސު އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކޮށްފައި ވަނީ 23 އަހަރުގެ ބިދޭސީ ފިރިހެނަކު ކަމަށެވެ. ނަމަވެސް އެމީހާ އަކީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއް ކަމެއް އިމިގްރޭޝަނުން ބުނެފައެއް ނުވެއެވެ.

ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު މީހަކު އިމިގްރޭޝަނުން ހިފަހައްޓާފައިވާއިރު، މިއީ މިގޮތަށް މިއަހަރު ތެރޭގައި ރާއްޖެ އެތެރެވާން މަސައްކަތް ކުރި ދެވަނަ މީހާއެވެ. އެގޮތުން މިދިޔަ ޖުލައި މަހުގެ 27 ގައި ވެސް ވަނީ މިފަދައިން އެތެރެވާން އުޅުނު 40 އަހަރުގެ ބިދޭސީ ފިރިހެނަކު ހުއްޓުވާފައެވެ.

މީގެ އިތުރުން ވެސް ނަކަލުކޮށްފައިވާ ވަގު ޕާސްޕޯޓުތަކެއް ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އުޅުނު ބަޔަކު ވަނީ މިދިޔަ ޖެނުއަރީ 22 ވަނަ ދުވަހު ހިފަހައްޓާފައެވެ. އޭރު ރާއްޖެއިން ފިލަން އުޅުނީ ކޮން ގައުމެއްގެ ބަޔަކު ކަން ހާމަކޮށްފައި ނުވާއިރު، އެއީ ބިދޭސީން ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި ނަކަލުކޮށްފައިވާ ޕާސްޕޯޓުގައި ފުރަން އުޅުނު ބިދޭސީންގެ ތަރޭގައި ހިމެނެނީ 22 އަހަރުގެ ދެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެެއް ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!