އުރީދޫ އަތޮޅު ދުވުން ކާމިޔާބުކަމާއެކު ނިންމާލައިފި

އުރީދޫ އަތޮޅު ދުވުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިދިޔަ ހުކުރު ދުވަހު ފެށި އުރީދޫ އަތޮޅު ދުވުމުގައި 5،000 ށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އުރީދުން މައުލޫމާތުދެއެވެ.

އުރީދޫ އަތޮޅު ދުވުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ބައިވެރިވި ފުރަތަމަ ވާޗުއަލް ދުވުމެވެ. އުރީދުން މާއުލޫމާތުދޭ ގޮތުގައި މި ދުވުމުގެ މައިގަނޑު މަގްސަދަކީ ކުޅިވަރު ނުވަތަ ކަސްރަތު މެދުވެރިކޮށް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު އާލާކޮށްދިނުމެވެ. އަދި އެންމެން އެއްތަންވެގެން އުޅެވެން ނެތް ދުވަސްވަރެއްގައި، މިފަދަ ދުވުމެއް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ އެކަނިވިޔަސް އަދި އާއިލާ އާއި ރައްޓެހިންނާއެކުގައިވެސް، ގައިދުރުކަމާއިއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޯދާދިނުން ކަމަށްވެސް އުރީދޫން ބުނެއެވެ.

މީގެ ކުރިން މި ދުވުނުން ހަފުތާ ބަންދުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި އޮތް ނަމަވެސް، ބައިވެރިންގެ އެދުމާއެކު ފަހުން ވަނީ ހޯމަ ދުވަހުގެ ނިޔަލަށް ދުވުން ކުރިއަށް ގެންގޮސްފައެވެ. އުރީދޫގެ އަތޮޅު ދުވުން ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ހުޅުވާލިއިރު، މާލޭގެ އިތުރުން އަތޮޅު ތެރެއިންވެސް ވަނީ މި ދުވުމަށް ބޮޑު ތަރުހީބަށް ލިބިގެން ގޮސްފައެވެ.

އުރީދޫން މައުލޫމާތުދޭ ގޮތުގައި މި ވާޗުއަލް ދުވުމުގައި ދިވެހިންނާއެކު އުރީދޫ ފުރިހަމަކުރި ކާމިޔާބު 15 އަހަރުގެ ރަމްޒެއްގެ ގޮތުގައި 20 އަތޮޅުން 20 ދުވުންތެރިން 15 ކިލޯމިޓަރު، ރާއްޖޭގެ އުތުރުން ދެކުނަށް ވަނީ ފުރިހަމަ ކޮސްފައެވެ. އަދި މި 15 ކިލޯމީޓަރުގެ ދުވުމަކީ ވާޗުއަލް ރިލޭއެއް ކަމަށްވެސް އުރީދޫން ފާހަގަކުރެއެވެ.

މީގެ އިތުރުން އުރީދޫ އަތޮޅު ދުވުމުގެ ޕާޓްނަރުންނާއި ގުޅިގެން ދުވުންތެރިންނަށް ވަރަށް ހާއްސަ އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ދުވުމުގެ ތެރެއިން ނަގާފައިވާ ފޮޓޯ، ސޯޝަލް މީޑިއާގައި ހިއްސާ ކުރާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް އެންމެ ފަހުގެ “އައިފޯން އެސްއީ” އެއް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!