އިދިކޮޅުގެ އިސް ބޭފުޅުންނަށް އިލެކްޝަނުން ނަސޭހަތްދީފި

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިދިކޮޅު “ޕްރޮގްރެސިވް ކޯލިޝަން”ގެ ބައެއް އިސްވެރިންނަށް ނަސޭހަތް ދީފިއެވެ.

އެ ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ޕީޕީއެމް އަދި ޕީއެންސީގެ އިސް ބައެއް ބޭފުޅުންނަށް ނަސޭހަތް ދިނީ ޤާނޫނާއި ޚިލާފަށް ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތްތަކުގައި ތަކުރާރުކޮށްފައި ބައިވެރިވެފައި ވާތީކަމަށެވެ.

“ޤާނޫނާއި ޚިލާފަށް ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތްތަކުގައި ތަކުރާރުކޮށްފައި ބައިވެރިވެފައިވާތީ އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް ޕީޕީއެމް އަދި ޕީއެންސީގެ އިސް ބައެއް ބޭފުޅުންނަށް ނަސޭހަތް ދީފި” އީސީއިން ބުނެފައި ވެއެވެ.

އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް އެއްވުން ބޭއްވުމުން އީސީއިން އިއްޔެ ވަނީ ޕީޕީއެމް އާއި ޕީއެންސީ، ކޮންމެ ޕާޓީއެއް 75،000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!