ދާންދޫ ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ގއ. ދާންދޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދާންދޫ އިން ޕޮޒިޓިވް ވެފައިވަނީ މަންމައަކާއި އޭނާގެ ދަރިފުޅު އެވެ.

ދާންދޫ ކައުންސިލު ރައީސް އިސްމާއިލް މުހައްމަދު ވިދާޅުވީ ހޯމް ކަރަންޓީނުގައި ތިބި ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގާފައި ކަމަށެވެ.

އޭނާ ވިދާޅުވީ އެ ދެމީހުންގެ ހާލަތުވެސް ރަނގަޅު ރަނގަޅު ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!