ށ. ފޭދޫ ކައުންސިލް ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފި

ށ. ފޭދޫ ކައުންސިލް ރައީސް މުހައްމަދު މުސްތަފާ އިސްމާއިލްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފިއެވެ.

ފޭދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝާމިރު އާއި ހަވާލާދީ ސީއެންއެމްގައި ރިޕޯޓު ކޮށްފައިވަނީ، މިއަދު ހެންދުނު 10:00 ގައި ބޭއްވި ޖަލްސާގައި ކައުންސިލްގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައިވާ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި ކަމާގުޅޭ ލިޔެކިޔުންތައް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ފޮނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

ޖުމުލަ ތިން މެމްބަރުން ތިބޭ ށ. ފޭދޫ ކައުންސިލްގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައިވަނީ ދެންތިބި ދެ މެމްބަރުންގެ ވޯޓުންނެވެ. 

ފޭދޫ ކައުންސިލް ރައީސްގެ އިތުބާރު ނެތްކަމަށް ވޯޓް ނެގީ ރައީސް މަގާމުން ދުރުކޮށްދިނުމަށް އެދި ރައްޔިތުންގެ ތެރެއިން 306 މީހުން ސޮއި ކޮށް ކައުންސިލަށް ޕެޓިޝަނެއް ހުށަހެޅުމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!