އިއްޔެ ތިލަފުށި ކައިރިން މަރުވެފައި އޮއްވާ ފެނުނީ ބިދޭސީއެއް

އިއްޔެ ތިލަފުށީ ކައިރި ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނީ ތިލަފުށިގައި މަސައްކަތް ކުރާ ބިދޭސީއެއް ކަމަށް ފުލުހުން ބުނެފި އެވެ.

 ފުލުހުންގެ މީޑިއާ އޮފިޝަން ވިދާޅުވީ އިއްޔެ މަރުވެފައި އޮއްވާ ފެނިފައިވަނީ ނޭޕަލް އަށް ނިސްބަތްވާ އުމުރުން 31 ގެ ފިރިހެނެއް ކަމަށެވެ. އަދި އެމީހާ އަކީ ތިލަފުށި ސައިޓުގައި މަސައްކަތްކުރާ މީހެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

އިއްޔެ ހެނދުނު 8:36 އެހާކަންހާއިރު ތިލަފުށި ބޭރުން ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.

ނަމަވެސް އޭނާއަކީ ތިލަފުށީގެ ކޮން ސައިޓެއްގައި މަސައްކަތްކުރާ މީހެއް ކަމެއް އަދި އޭނާގެ އެއްވެސް ޒަހަމްތަކެއް ހުރި ކަމެއް އޮފިޝަލު ވިދާޅެއް ނުވެ އެވެ.

އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!