އަންނަ މަހު 15 ގައި ގެސްޓްހައުސްތައް ހުޅުވާލަނީ

އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން، ރާއްޖޭގެ ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ދޭން ނިންމައިިފި އެވެ.

އޮންލައިން ނޫސް އަވަސްގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ގެސްޓްހައުސްތައް ހުޅުވަން މަޝްވަރާކޮށް ނިންމާފައިވަނީ ކެޓަގަރީ ތަކަށް ބަހާލައިގެން، ރައްކާތެރިކަމުގެ ފިޔަވަޅު ތަކެއް ފުރިހަމަ ކުރާ ރަށްރަށުގެ ގެސްޓްހައުސްތަކަށް ހުޅުވުމުގެ ހުއްދަ ދޭށެވެ. އަދި ގެސްޓްހައުސްތައް ހުޅުވުމުގައި އަމަލު ކުރާނެ އިންތިޒާމުތައް ޓޫރިޒަމް މިނިސްޓްރީން ވަރަށް އަވަހަށް އިއުލާނު ކުރާނެ އެވެ.

ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ދޭން ނިންމާފައިވަނީ ރޭ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުމުގައި ޓޫރިޒަމް ސިނާއަތުގެ ބައެއް ފަރާތްތަކާއި ގެސްޓްހައުސްގެ ވެރިން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން ހެޕްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ޓާސްކް ފޯސް އިން ބައިވެރިވެފައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!