ކޮވިޑު ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން ދިވެއްސެއް ނިޔާވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ ރޭ ދަންވަރު 1:42 ގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި މި ބައްޔަށް ފަރުވާ ދެމުންދިޔަ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާ ކަމަށެވެ.

މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 29 ވަނަ މީހާއެވެ. ނިޔާވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!