ކަތުރޯކޭ ކިލާޅީގެ އެއްވަނަ ލިބުން ނިއާ ފާހަގަކުރީ ވަރަށް ކުލަގަދަކޮށް!

ދާދި ފަހުން ކަލާޒް އިން ދެއްކި “ކަތުރޯކޭ ކިޅާޅީ: މޭޑް އިން އިންޑިއާ” ގެ ފަޚުރުވެރި އެއްވަނަ، ޓީވީ އެކްޓްރެސް ނިއާ ޝަރުމާއަށް ލިބުމުން އޭނާ އެކަން ވަރަށް ކުލަދަގަކޮށް ފާހަގަކޮށްފިއެވެ.

ޓީވީ އެކްޓަރު ކަރަން ވަހީ އާއި ބަތަލާ ޖޭސްމިން ބާސިން އާ ވާދަކޮށްގެން އެއްވަނަ ހޯދި ނިއާގެ ކާމިޔާބީ ފާހަގަކުރަން ގޭގައި ޕާޓީއެއް ބާއްވައިދިނީ އޭނާގެ އާއިލާއިންނެވެ. 29 އަހަރުގެ ބަތަލާ ވަނީ އެ ޕާޓީގެ މަންޒަރުތައް އޭނާގެ އިންސްޓަރާމްގައި ހިއްސާކޮށްފައެވެ:

ނިއާ ހިއްސާކުރި ވީޑިއޯއިން ފެންނަ ގޮތުގައި، އޭނާ ވަނީ ދެ ކޭކު ފަޅައިފައެވެ. އަދި ކޭކުތައް ކައިރީ “ކަތުރޯކޭ ކިލާޅީ” އިން ލިބުނު ތަށި ވެސް ބަހައްޓާލާފައި ވެއެވެ.

ނިއާ ވަނީ މީގެކުރިން ކަތުރޯކޭ ކިލާޅީގެ އެހެން ސީޒަނެއްގައި ވެސް ބައިވެރިވެފައެވެ. އަދި މިފަހަރުގެ ޝޯ ކާމިޔާބުކުރެވުމުން އެކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން ނިއާ ބުނީ، ޝޯ ފެށީ މަޖަލަކަށް ކަމަށާއި، ނަމަވެސް ޝޯއިން މޮޅުވުމަށް ވަރަށް އަވަހަށް ހިތުގައި އަޒުމް ކަނޑައެޅިގެން ދިޔަކަމަށެވެ. “ކޮންމެ ސްޓަންޓަކަށް ވެސް އަހަރެން ފުރިހަމައަށް މަސައްކަތްކުރިން. މި ނޫން ނަތީޖާއެއް ލިބުން ނަމަ ވަރަށް ހިތްހަމަނުޖެހުނީސް”، ނިއާ ފާހަގަކުރިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!