ސުޝާންތުގެ ހަށިގަނޑު ބަލާ އެގެއަށް ދެ އެމްބިއުލާންސް ދިޔަ ސަބަބު ޑްރައިވަރުން ހާމަކޮށްފި

ޖޫން 14 ވަނަ ދުވަހު ސުޝަންތް މަރުވިއިރު، އޭނާގެ މަރާއި އަދި އެ މަރާއި ގުޅިގެން އެތައް ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ. އެގޮތުން އާންމުން އެންމެ ބޮޑު ސުވާލެއް ކުރި އެއް ކަމަކީ ސުޝާންތު މަރުވި ދުވަހު ސުޝަންތް ދިރިއުޅޭ ގެއަށް ދެ އެމްބިއުލާންސް ދާން ޖެހުނު ސަބަބެވެ.

މިކަމާއި ގުޅިގެން އެމްބިއުލާންސްގެ ޑްރައިވަރު އިންޑިއާ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ އެހެން ދިމާވީ އެއް އެމްބިއުލާންސްގެ ފުރޮޅަށް ދިމާވި ކަމަކާއި ގުޅިގެން އެހެން އެމްބިއިލާންސްއެއް ގެންނަން ޖެހުނީ ކަމަށެވެ.

ފުރަތަމަ އެމްބިއުލާންސްގެ ޑްރައިވަރު ވިޝާލް ބުނިގޮތުގައި ދެވަނަ އެމްބިއުލާންސް އެތަނަށް އައުމުން އޭނާ ވަނީ ގޮސްފައެވެ، އަދި މީހުން ތުހުމަތު ކުރާ ގޮތަށް އެ އެމްބިއުލާންސް ތެރޭގައި ހަށިގަނޑެއް ނޯންނާނެ ކަމަށް އޭނާ ބުންޏެވެ.

ދެވަނަ އެމްބިއުލާންސްގެ ޑްރައިވަރު އަކްޝޭ ބަންޑްގަރް ބުނިގޮތުގައި އޭނާ ވަނީ ސުޝާންތުގެ ހަށިގަނޑު ކޫޕާ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާ ބުނިގޮތުގައި އެ ހަށިގަނޑުގައި ކަރުގައި އިން ފާހަގަ ނޫން އެއްވެސް ފާހަގައެއް ހަށިގަނޑުން ފެނިފައެއް ނުވެއެވެ. އަދި އެވަގުތު އެތަނުގައި ފުލުހުން ތިބި ކަމަށާއި އޭނާއަށް ގުޅީ ފުލުހުން ކަމަށެވެ.

އަކްޝޭ އިތުރަށް ބުނެފައި ވަނީ، އެވަގުތުގެ ހިދުމަތަށް ފައިސާ ދައްކާފައިވަނީ ސުޝާންތުގެ ރަހްމަތްތެރިޔާ އަދި ޕްރޮޑިއުސަރ ސަންދީޕް ސިންގް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!