އަކްޝޭގެ ކުރިޔަށް އޮތް ޝޯގައި އެތުގެ ނަޖިހުގެ ސައި ބޮއެފި

ބޮލީވުޑް ތަރި އަކްޝޭ ކުމާރުގެ ކުރިޔަށް އޮތް ޝޯގައި އެތުގެ ނަޖިހުގެ ސައި ބޮއެފިއެވެ.

އިނގިރޭސި ޝޯއެއް ކަމަށްވާ “އިންޓު ދަ ވައިލްޑް ވިތް ބެއާ ގްރައިލްސް” ގައި ޝޯގެ ހޮސްޓް ބެއާ ގްރައިލްސް ވަނީ އެތުގެ ނަޖިހުގެ ސައި ބުއިމަށް އަކްޝޭއަށް ޗެލެންޖު ކޮށްފައެވެ.

ޖަންގަލީ ތެރޭގައި ތަފާތު އެކި ޗެލެންޖުތަކާއި ކުރިމަތިލާން ޖެހޭ މި ޝޯގެ ފުރަތަމަ ޕްރޮމޯ ދައްކާލާފައިވާއިރު، އޭގެން ފެނިގެން ދަނީ އަކްޝޭ އެތުގެ ނަޖިހުގެ ސައި ބޯ މަންޒަރާއި، ކިނބޫ ފެންގަނޑެއްގައި އުޅޭ މަންޒަރާއި ބެއާ ގްރައިލްސް އާއި އެކު ޖަންގަލީ ތެރެއަށް ވަންނަ މަންޒަރެވެ.

މި ވީޑިއޯ ހިއްސާކޮށް އަކްޝޭ ބުނި ގޮތުގައި މި ޝޯގައި ވަރަށް އުނދަގޫ ކަންތައްތަކާއި ކުރިމަތި ލާން ޖެހޭނެކަން އިނގުނު ނަމަވެސް އެންމެ ހައިރާން ކުރުވީ އެތުގެ ނަޖިސް ސައި ބުއިމަށް ބެއާ ގްރައިލްސް ޗެލެންޖު ކުރުން ކަމަށެވެ.

އަކްޝޭގެ ކުރިން މި ޝޯގައި އިންޑިއާގެ ޕްރައިމް މިނިސްޓަރ މޯދީ އާއި ތަމަޅަ ފިލްމީ ތަރި ރަޖްނީ ކާންތު ވަނީ ބައިވެރިވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!