ވީއެމްއޭ ގައި ލޭޑީ ގާގާ އަޅައިގެން ހުރި މާސްކުތައް ފެނުންތަ؟ ވަރަށް ތަފާތު!

އިއްޔެ ބޭއްވި ‘އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސް 2020’ ހަފްލާގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނީ މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާ ދައްކައިލި ތަފާތު އައުޓްފިޓް ތަކާއެކު އަޅައިގެން ހުރި ތަފާތު މާސްކުތަކަށެވެ.

އެގޮތުން ލޭޑީ ގާގާ ދިން ސްޓޭޖް ޕާފާމެންސްތަކާ ލައިގެން ތަފާތު 4 މާސްކަކާއި ފޭސް ޝީލްޑެއް ވެސް ދައްކާލައިފައި ވެއެވެ. މިއީ މީގެކުރިން ނުފެންނަ ވައްތަރުގެ، ވަރަށް އާދަޔާ ޚިލާފު މާސްކުތަކެކެވެ. އަދި ކޮންމެ މާސްކެއް ވެސް ފެނިގެންދިޔައީ އޭނާގެ އައުޓްފިޓުތަކާ ވަރަށް ގުޅޭގޮތަށް ފަރުމާކޮށްލާފައި ވަނިކޮށެވެ.

މީގެ އިތުރުން ލޭޑީ ގާގާ ވަނީ މާސްކު އެޅުމަށް އޭނާގެ ފޭނުންނަށް ވެސް ހަނދާންކޮށްދީފައެވެ. އަދި މާސްކު އެޅުމަކީ އެހެން މީހުންނަށް ތިމާ ކުރާ އިހުތިރާމު ދައްކުވައިދޭ ކަމެއް ކަމަށް ބުންޏެވެ.

އެމެރިކާގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން، އައުޓްޑޯގައި ބޮޑު އެވޯޑް ހަފުލާއެއް ބޭއްވި މިއީ އަދި ފުރަތަމަ ފަހަރެވެ. މި އެވޯޑު ހަފްލާގައި އެންމެ ގިނަ އެވޯޑު ކާމިޔާބުކުރި ފަންނާނަކީ ވެސް ލޭޑީ ގާގާއެވެ. އެގޮތުން “އާޓިސްޓް އޮފް ދަ އިޔާ” ލިބިގެންދިޔައީ އޭނައަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!