ޤަވާއިދާ ޚިލާފުވުމުން ހަރުކުރާ ނޯޓިސް ނައްޓާލާނަމަ 5 ދުވަހަށް އެތަނެއް ބަންދުކުރަނީ

ޤަވާއިދާ ޚިލާފުވާ ކެފޭ ފަދަ ތަންތަން ބަންދުކުރުމަށްފަހު އެތަންތަނުގެ ބޭރުގައި ހަރުކުރާ ނޯޓިސް ނައްޓާލައި ޚިދުމަތްދޭނަމަ އިތުރު އެންގުމަކާއި ނުލައި އެފަދަ ތަންތަން 5 ދުވަހަށް ބަންދުކުރާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ހެލްތް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން މިހާރު ކުރިއަށް ގެންދަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ފުލުހުން ބުނެފައިވަނީ ބައެއް ހޮޓާ ރެސްޓޯރެންޓްތަކުން 09:30 ވާއިރުވެސް ބަންދުނުކޮށް ތިބޭ ކަމަށެވެ. އަދި ފުލުހުން އެތަންތަނަށް ވަދެ އަންގަންދެންވެސް ބައެއް ފަރާތްތަކުން ބަންދުނުކޮށް ތިބޭކަން ފާހަގަވެފައިވާކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

“ފުރަތަމަ ބަންދު ނޯޓިސްދެނީ 1000 ރުފިޔާގެ ޖޫރިމަނާއާއިއެކު 48 ގަޑިއިރަށް. ދެވަނަ ނޯޓިސްގައި 3 ދުވަހަށް ބަންދުކޮށް 1000 ރުފިޔާއިން ޖޫރިމަނާކުރަނީ. ތިންވަނަ ފަހަރު 1000 ރުފިޔާއިން ޖޫރިމަނާކޮށް 5 ދުވަހަށް ބަންދުކުރަނީ.” ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ފުރަތަމައަށް ދޭ ނޯޓިސް ނައްޓާލައި ޤަވާއިދާ ޚިލާފަށް ޚިދުމަތްދޭނަމަ، އިތުރު އެންގުމަކާއި ނުލައި 5 ދުވަހަށް ޚިދުމަތް ނުދެވޭގޮތަށް ބަންދުކުރާނެކަމަށެވެ.

އަދި އެދުމަކީ ކަނޑައަޅާފައިވާ ގަޑިއަށް ކަންކަން އިންތިޒާމުކުރުން ކަމަށް ފުލުހުން ބުނެފައިވެ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!